Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރަށުން ލިބޭ ޓެކުހުން ބައެއް ސީދާ ކައުންސިލްތަކަށް ލިބޭ ގޮތް ހަދަނީ

ރަށުން ލިބޭ ޓެކުހުން ބައެއް ސީދާ ކައުންސިލްތަކަށް ލިބޭ ގޮތް ހަދަނީ

ރަށުން ލިބޭ ޓެކްސް އާއްމުދަނީން ވަކި އިންސައްތައެއް ސީދާ ކައުންސިލްތަކަށް ލިބޭ ގޮތަށް ހަދަން ސަރުކާރުން މަސައްކަތް ފަށައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅު ތެރޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި, މިއަދު ވ. ކެޔޮދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ވާވު އަތޮޅަކީ ގެސްޓް ހައުސް. ޓޫރިޒަމް އެންމެ ބޮޑަށް ފުޅާވެފައި އޮތް އަތޮޅެވެ.

Advertisement
Ooredoo — Truecaller (box)

ރައީސްގެ ވާހަކަފުޅުގައި މިއަދު ވިދާޅުވީ, ކައުންސިލްތައް ބާރުވެރިކުރުވައި މާލީ މިނިވަންކަން ހޯދައިދިނުމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭނެ އެއް ސިޔާސަތު ކަމަށެވެ. އަދި އެކަން ކުރަން ސަރުކާރުން ކުރަން ރާވާފައިހުރި ކަންކަން ހިއްސާކޮށްދެއްވިއެވެ.

"ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓީޖީއެސްޓީން ވަކި އިންސައްތައެއް ކައުންސިލުތަކުގެ އާއްމުދަނީއަށް އިތުރު ކުރުމަށް ލާމަރުކަޒީ ގާނޫނާއި ޓޫރިޒަމް ގާނޫނަށް އިސްލާހު ހުށަހަޅަން އަޅުގަނޑު ގަސްތުކުރަން،" ރައީސް ވިދާޅުވިއެވެ.

ޓޫރިޒަމްގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ ސިނާޔަތްތަކުން ލިބޭ އާމްދަނީ އިން ވެސް ކައުންސިލްތަކަށް ބައެއް ލިބޭ ގޮތް ހައްދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިފަދަ ގޮތްގޮތުން ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމުން ރަށުގެ ތަރައްޤީއަށް ކުރަން ޖެހިފައި ހުންނަ ބައެއް ކަންކަން ސަރުކާރަށް ބަރޯސާނުވެ ކުރެވޭނެ ކަަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް