Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޙައްޖު ކޯޕަރޭޝަނުން ހިންގާ މުވައްޒަފުންގެ ސްކީމްގެ ޙިދުމަތް މުލަކަތޮޅުގައި ފެށުމަށް ދިއްގަރު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ޙައްޖު ކޯޕަރޭޝަނުން ހިންގާ މުވައްޒަފުންގެ ސްކީމްގެ ޙިދުމަތް މުލަކަތޮޅުގައި ފެށުމަށް ދިއްގަރު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

މ. އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ އިސްނެންގެވުމުގެ މަތިން ކައުންސިލްތަކާއި ރަށުގެ އެހެން އިދާރާތަކުގެ މުވައްޒަފުން ޙައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ ސްކީމްގައި ބައިވެރިކުރުމަށް ފަށާފައިވާ ހަރަކާތުގެ ތެރެއިން މ. ދިއްގަރު ކައުންސިލާއެކު އެމް.އޯ.ޔޫގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު ދިއްގަރު ކައުންސިލްގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި އެމް.އޯ.ޔޫގައި ދިއްގަރު ކައުންސިލްގެ ފަރާތުން ސޮއިކޮށްފައިވަނީ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ނިޝާންއެވެ.

މި ރަސްމިއްޔާތުގައި ވާހަަކަފުޅުދައްކަވަމުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެފައިވަނީ، އަތޮޅު ކައުންސިލަކުން އިސްނަންގަވައިގެން އަަތޮޅު ލެވެލްގައި މިފަދަ ހަރަކާތެއް ފެއްޓެވި ފުރަތަމަ އަތޮޅަކަށް މުލަކަތޮޅު ވެގެންދިއުން އެއީ އަތޮޅަށް ލިބިގެންދިޔަ ވަރަށްބޮޑު ފަހުރެއްކަމަށެވެ.

Advertisement
Allied Insurance — Square (box)

އަދި މިއަދު ސޮއި ކުރެވިގެންދިޔަ  އެމް.އޯ.ޔޫގެ ސަބަބުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުންދޭ ޙިދުމަތްތައް ހޯދުމަށް އިދާރާތަކުގެ މުވައްޒަފުންގެ އިތުރުން އާންމު ރައްޔިތުންނަށްވެސް ބޮޑެތި ލުއިފަސޭހަތަކެއް ވެގެންދާނެ ކަމަށް އެކޯޕަރޭޝަނުންވަނީ ވިދާޅުވެފައިވެއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ހިންގާ މުވައްޒަފުންގެ ސްކީމަކީ އިދާރާތަކުގެ މުވައްޒަފުންގެ ތެރެއިން "މުވައްޒަފުންގެ ސްކީމް" ގައި ބައިވެރިވެ ޙައްޖަށް ދިއުމަށް ބޭނުންވާ މުވައްޒަފުންގެ މުސާރައިން މުވައްޒަފު ހުއްދަކުރާ މިންވަރެއް އުނިކުރުމަށްފަހު އެ އުނި ކުރި ފައިސާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ޖަމާކުރެވިގެންދާ ސްކީމްއެކެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް