Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މުއިއްޒު ގެންނަން މަސައްކަތް ކުރި މީހުން މިހާރު އަރިހުގައި ނެތް: ނަޝީދު

މުއިއްޒު ގެންނަން މަސައްކަތް ކުރި މީހުން މިހާރު އަރިހުގައި ނެތް: ނަޝީދު

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެންނަން މަސައްކަތްކުރި މީހުން މިހާރު އަރިހުގައި ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދި ނަޝީދު މިހާރު ހުންނެވީ ސިޔާސީ މަސައްކަތުން ފެޔަށް ޖެހިވަޑައިގެންފައެވެ. ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވަމުން ގެންދަވާ ނަޝީދު ދިރިއުޅުއްވަމުން ގެންދަވަނީ ގާނާގައެވެ.

އިންޑިއާގެ ރިޕަބްލިކް ނަަމަކަށް ޓީވީ ޗެނަލެއްގެ ޕްރޮގްރާމެއްގައި، ރައީސް މުއިއްޒުގެ ވެރިކަން ވެއްޓިދާނެތޯ ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ ރައީސް މުއިއްޒަށް ވެރިކަމަށް ވަޑައިގެންނެވުނީ މައިގަނޑު ދެ ސަބަބަކާއި ހެދި ކަމަށެވެ.

Advertisement
Allied Insurance — Square (box)

އެއް ސަބަބެއް ކަމަށް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބު ތެރޭގައި އެމްޑީޕީގެ ތެރޭގައި އުފެދުނު ބައިބައިވުންތަކާއި އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބަލިކަށިކަމުން އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެމްޑީޕީގެ ތެރެއިން ވަކިވި ފަރާތްތަކުގެ ތާއީދާކުރުމުން ކަމަށެވެ.

އެއަށް ފަހު އެމަނިކުފާނު ވިދާޅުވީ ވެރިކަމަށް ރައީސް މުއިއްޒު ގެނައުމަށް ތާއީދު ކުރެއްވި ހުރިހާ ފަރާތްތަކެއް މިހާރު އެމަނިކުފާނު ދޫކޮށް ގޮސްފައިވާ ކަމަށެވެ.

''..ރައީސް ޔާމީން ފެޔަށް ޖެހިވަޑައިގެންނެވުމުން މުއިއްޒުގެ އަމިއްލަ ޕާޓީ އޮތީ ބައިބައިވެފަ، މުއިއްޒު އަރިހުގައި އެކަކަވުސް ނެތް، އެ އެ ހުރީ ވަރަށް ބޮޑަށް އެކަހެރިވެފައި"ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖޭގެ ސިޔާސީ މައިދާން އޮތް ގޮތް ވަރަށް ރަނގަޅަށް ފެނިގެންދާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް