Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހައްޖާ އުމްރާވެރިންނަށް ޕޯސްޓުން ރާއްޖެއަށް ޕެކޭޖް ފޮނުވޭ ގޮތް ހަދަނީ

ހައްޖާ އުމްރާވެރިންނަށް ޕޯސްޓުން ރާއްޖެއަށް ޕެކޭޖް ފޮނުވޭ ގޮތް ހަދަނީ

ހައްޖުގެ އަޅުކަމާއި އުމުރާގެ އަޅުކަން އަދާކުރުމަށް ދާ ފަރާތްތަކަށް ޕޯސްޓު މެދުވެރިކޮށް ސައުދި އަރަބިއްޔާއިން ރާއްޖެއަށް ޕެކޭޖް ފޮނުވުމުގެ ހިދުމަތް މޯލްޑިވްސް ޕޯސްޓުން ތައަރަފްކޮށްފިއެވެ.

ޕޯސްޓުން މިއަދު ބުނީ، އެ ހިދުމަތް ދިނުމަށް ސައުދީގެ ޕޯސްޓާއެކު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ ކަމަށެވެ. އޭގެ އެންމެ ބޮޑު ބޭނުމަކީ އެކްސެސް ލަގެޖްގެ ސަބަބުން، އަޅުކަމަށް ފަހު ރާއްޖެ ގެންނަން ބޭނުންވާ ތަކެތި ގެނައުމަށް ހުންނަ ދަތިތައް ހައްލުކުރުން ކަމަށެވެ.

ޕޯސްޓުން ބުނީ ކޮންމެ މީހަކަށްވެސް ފޮނުވޭނީ 30 ކިލޯގެ ޕެކޭޖެއް ކަމަށެވެ. ފީއެއްގެ ގޮތުގައި ނަގާނީ ކޮމާޝަލް އެއާލައިނުން ޗާޖުކުރާ އަދަދަށްވުރެ ކުޑަ އަދަދެއް ކަމަށް ޕޯސްޓުން ބުންޏެވެ.

Advertisement
Allied Insurance — Square (box)

އެކަމަގު އަގުތައް މިހާތަނަށް ކަނޑައަޅާފައިނުވާ ކަމަށް ވިދާޅުވިއެވެ. ފޮނުވާތަކެތި ނެގޭނެ ސަރަހައްދުތައް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ވަރަށް އަވަހަށް ކަނޑައެޅިގެންދާނެ ކަމަށް ޕޯސްޓުން ބުންޏެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް