ރެސިޕީ

ދެން ރެސިޕީ: ޗިކަން ޕާސްތާ ސެލެޑް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާތަކެތި:

4 ޖޯޑު ފެން

Ads by Sosun Fihaara

1 ސައިސަމުސާ ލޮނު

½ 1 ޖޯޑު އަގްނޭސީ ހޯލް ވީޓް ޕެނޭ ޕާސްޓާ

¼ ޖޯޑު އޮލިވް އޮއިލް

½ ބޮޑު ލުނބޯ

2 ސައިސަމުސާ މަސްޓަޑް ކްރީމް

2 ސައިސަމުސާ މާމުއި

1 ލޮނުމެދު (ޗަސްކޮށްލާފައި)

¼ ސައިސަމުސާ ލޮނު

½ ސައިސަމުސާ އަސޭމިރުސް

½ ސައިސަމުސާ ތެޅި މިރުސް

1 ޖޯޑު ކޮށާފައި ހުރި ލެޓިޔުސް

1 ޖޯޑު ތުނިކޮށް ކޮށާފައިހުރި ކިޔުކަމްބަރ

½ ޖޮޑު ޗެރީ ޓޮމާޓޯ (ދެފަޅި ކޮށްފައި)

½ ޖޯޑު ކޮށާފައިހުރި ބެލް ޕެޕަރ

½ ފިޔާ

1 ޖޯޑު ކައްކާފައި ހުރި ކުކުޅު ކިއުބްސް

¼ ޖޯޑު ގާނާފައިހުރި ޕާމެސާން ޗީޒް

ތައްޔާރުކުރާނެގޮތް:

ތެއްޔަށް ފެން ފޮދު އަޅައި ކެކި ގަންނަންދެން ކައްކާށެވެ. ދެން އޭގެ ތެރެއަށް އަގްނޭސީ ހޯލް ވީޓް ޕެނޭ ޕާސްޓާ އާއި ލޮނު އަޅައި ޕާސްޓާކޮޅު ފެނު ކައްކާށެވެ. ކެކުނީމައި ޕާސްޓާކޮޅު ފުރާނާލާފައި ބަހައްޓާލާށެވެ.

ކުޑަ ބޯތަށްޓެއްގެ ތެރެއަށް އޮލިވް އޮއިލް، ބޮޑު ލުނބޯ ހުތް، މަސްޓަޑް ކްރީމް، މާމުއި، ޗަސްކުރި ލޮނުމެދު، ލޮނު، އަސޭމިރުސް އަދި ތެޅި މިރުސް އަޅައި ރަނގަޅަށް އެއްކޮށްލައިގެން ސެލެޑް ޑްރެސިންގް ހަދާށެވެ.

ކިޔުކަމްބަރއާއި ފިޔާ ތުނިކޮށް ކޮށާށެވެ. ޗެރީ ޓޮމާޓޯ ކޮޅު ދެފަޅި ކޮށްލާށެވެ. ލެޓިޔުސްކޮޅު ކޮށާލާފައި ބެލް ޕެޕަރކޮޅު ހަފާލައިގެން ކެވޭނެ ވަރުގެ އެތިކޮޅު ތަކަކަށް ވާވަރަށް ކޮށާލާށެވެ.

ކައްކާފައި ހުރި ޕާސްޓާކޮޅު ބޮޑު ބޯތަށްޓަކަށް އަޅާށެވެ. ދެން ލެޓިޔުސް، ކިޔުކަމްބަރ، ޗެރީ ޓޮމާޓޯ، ބެލް ޕެޕަރ، ފިޔާ، މަސް ދަޅު އަދި ޕާމެސާން ޗީޒް އަޅާށެވެ.ދެން ސެލެޑް ޑްރެސިންގްކޮޅު ބޯތަށްޓަށް އަޅައި ހުރިހާ އެއްޗެއް އެއްކޮށްލީމައި އެނިމުނީއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!