ދެން ރެސިޕީ: ޕެޝަން ޕްރުޓް މޮހީޓޯ

ބޭނުންވާތަކެތި:
6 ތުނިކޮށް ކޮށާފައިހުރި ލުނބޯ ފޮތި
3 މިންޓް ލީފް
2 ސައިސަމުސާ ހަކުރު
1 ޕެޝަން ފްރުޓް
1 ސްޕްރައިޓް
ތައްޔާރުކުރާނެގޮތް:
ލުނބޯ ތުނިކޮށް ފޮތިކުރާށެވެ.
ބޯތަށި ނަގާފައި ލުނބޯ, މިންޓް ލީފް 2 ސައިސަމުސަލުގެ ހަކުރު އަޅާފައި ސަމުސަލެއް ބޭނުން ކޮށްގެން ޗަސްކޮށްލާށެވެ. ޗަސްކުރާނީ ލުނބޯ ފޮތިން ހުތް ނިކުމެ މިންޓް ލީފް ރަނގަޅަށް ޗަސްވަންދެންނެވެ.
ޕެޝަން ފްރުޓް މެދުން ފަޅާލާފައި އެތެރޭގައި ހުރި ސާމާނު ތައްޓަށް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން ސްޕްރައިޓް އަޅައި ގިރާލާށެވެ. ލުނބޯ ފޮއްޗަކާއި އިތުރު މިންޓް ލީފް ކޮޅެއް ބޭނުން ކޮށްގެން ކޮންމެ ތަށްޓެއް ރީތި ކޮށްލެވިދާނެއެވެ.