Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފްލެޓު ރިވިއުކުރުމުގެ މަސައްކަތަށް މިނިވަން ކޮމިޓީ އެކުލަވާލައިފި, ޗެއާއަކަށް އަނީސާ

ފްލެޓު ރިވިއުކުރުމުގެ މަސައްކަތަށް މިނިވަން ކޮމިޓީ އެކުލަވާލައިފި, ޗެއާއަކަށް އަނީސާ
ގެދޮރުވެރިޔާ ސްކީމަށް ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ދޫކުރުމުގެ މަސައްކަތަށް އެކުލަވާލާ މިނިވަން ކޮމިޓީއެއް އެކުލަވާލައިފިއެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ ދަށުން ފްލެޓު މައްސަލައިގައި ނިންމަންޖެހޭ ނިންމުންތަކަށް ލަފާ ދިނުމަށް އެކުލަވާލާފައިވަނީ ފަސް މެންބަރުންގެ ކޮމިޓީއެއް ކަމަށެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:
  1. ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު
  2. އާމިނަތު އިނާސާ
  3. އަހުމަދު އަލީ މަނިކު
  4. އަބްދުލްއަޒީޒް ޔޫސުފް
  5. މަރިޔަމް ފިޒާނާ ރަޝީދު
މި ކޮމިޓީގެ ފުރަތަމަ ބައްދަލުމުން މިއަދު ބޭއްވިފައިވާއިރު, ކޮމިޓީގެ ޗެއާކަށް އަނީސާ ވަނީ އައްޔަން ކުރައްވައިފައެވެ. އަދި ވައިސް ޗެއާ އަކަށް އައްޔަން ކުރެއްވީ އަބްދުލްއަޒީޒް ޔޫސުފެވެ. މިނިސްޓްރީން ބުނީ އެ ކޮމިޓީގެ އެންމެހާ އިދާރީ ކަންކަން ބަލަހައްޓާނީ އެ މިނިސްޓްރީން ކަަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ނިންމާފައިވަނީ ފްލެޓްތަކަށް ކުރިމަތިލީ މީހުންގެ ލިސްޓް މިނިވަން ކޮމިޓީއެއް މެދުވެރިކޮށް ރިވިއު ކުރާށެވެ. އެ ކޮމިޓީގައި ހިމެނޭނީ ރައްޔިތުން އިތުބާރު ކުރާ ފަދަ ބޭފުޅުން ކަމަށާއި ފްލެޓްތައް ދިނުން އެއީ ސަރުކާރުން އަމިއްލަ އަމިއްލައަށް ކުރާ ކަމަކަށް ހަދަން ބޭނުން ނުވާ ކަމަށެވެ.

"ރައްޔިތުން ވެސް އެ ބައެއްގެ ބަސް ގަބޫލު ކުރާ ފަދަ ބޭފުޅުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ހަދާފައި އޭސީސީން އެ ނިންމި ނިންމުން ލިސްޓް ކޮމިޓީ ލައްވައި ބަލާނީ. ކުރާއިރު ހަގީގަތު ވެސް ގޯސްކޮށް މީހަކަށް ފްލެޓެއް ދީފައި އޮތްތޯ ނުވަތަ ނޫންކަން ވެރިފައި ވެގެންދާނީ،" އެ މަނިކުފާނު ވިދާވެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް