ޚަބަރު

ހަސަން ލަތީފްގެ ކެމްޕޭނު ޕޯސްޓަރުތަކަށް ގެއްލުން ދިން މައްސަލަ ފުލުހަށް

އަލީ ސަމާޙް ، ދެން އޮންލައިން
ހަސަން ލަތީފް ކެމްޕޭނު ޕޯސްޓަރުތަކަށް ގެއްލުންދީފައި

އަންނަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ ހަސަން ލަތީފްގެ ކެމްޕޭނު ޕޯސްޓަރުތަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުންގެ އިދާރާ އަށާއި އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

Ads by STELCO

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ޑިމޮކްރެޓްސްގެ ރައީސް، ހަސަން ލަތީފް ވަނީ އޭނާގެ ދެ ޕޯސްޓަރަކަށް ލިބިފައިވާ ގެއްލުމުގެ ފޮޓޯއެއް 'އެކްސް' ގައި ހިއްސާކޮށްފައެވެ.

މި ނޫހާ ވާހަކަ ދައްކަވަމުން މަޖިލީހުގެ ދެވަނަ ދައުރަކަށް ކުރިމަތިއްލައްވާފައިވާ ހަސަން ވިދާޅުވީ، ގެއްލުން ދީފައިވަނީ ސޯސަން މަގުގެ ސިޓީ ބޭކަރީ ކަންމަތީގައި ހުރި ގެއެއްގައި ހަރުކޮށްފައި ހުރި ޕޯސްޓަރަކަށާއި މަޖިދީ މަގު، ހީނާ ޕާކިން ޒޯން ސަރަހައްދުގައި ހުރި ޕޯސްޓަރަކަށް ކަމަށެވެ.

ހަސަން ވިދާޅުވީ ސޯސަން މަގުގައި ހުރި ޕޯސްޓަރަށް ގެއްލުން ދީފައިވަކަން އެނގުނީ މީގެ ދެ ދުވަސް ކުރިން ކަމަށެވެ. އެހެންވެ ޕޯސްޓަރުތަކަށް ގެއްލުން ދިން މައްސަލަ ބަލައިދޭން ހަސަން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

''ރައްދު ދިނުން މައްސަލަ އެއް ނޫން، މުދަލާ ތަކެއްޗާއި ގެއްލުން ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން'' ރީތީ ގޮތުގައި ކެމްޕޭނު ކުރަން ވާދަވެރި ކެންޑިޑޭޓުންނަށް ހަސަން އިލްތިމާސްކުރިއެވެ.

އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަށް އުނިކަން އަންނަ ގޮތަށް އަމަލު ނުކުރަން އީސީން އިލްތިމާސްކޮށްފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!