ޚަބަރު

ނަމާދުކުރާ އަޑު ބަހުސްގައި މިނިސްޓަރު ޝަހީމާ މަލީހު ޒުވާބަކަށް!

އައިޝަތު ނިއުޝާ ، ދެން އޮންލައިން
މިނިސްޓަރު ޝަހީމާއ، މަލީހު

ބައެއް ނަމާދުތަކުގައި، ގޭބިސީތަކާ ކައިރީ ހުންނަ މިސްކިތްތަކުގެ ގޯތިން ބޭރުނުވާ ވަރަށް އަޑު ބެހެއްޓިޔަސް ރަނގަޅުކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު އާއި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު އަދި ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހް ޖަމާލްއާ ދެމެދު ހޫނު ދެބަސްވުމެއް ހިނގައިފި އެވެ.

Ads by Sosun Fihaara

މަލީހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގުރުއާނުގެ އަޑުކެނޑި ރަށުތެރެ ނާމާން ވެއްޖެ ކަމަށެވެ.  އަދި އިސްލާމިކް މިނިސްޓަރު އިސްތިއުފާދޭން ޖެހޭ ކަމަށާއި ރައީސަށް "މިކަން ފަހުމް ނުވާނަމަ މުޒާހަރާކުރަން ޖެހޭ" ކަމަށެވެ.

އެ ޕޯސްޓާއި ގުޅިގެން ޝަހީމް ވަނީ މަލީހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ވިދާޅުވީ، މަލީހުގެ އުމުރު އެ ހޭދަކުރައްވަނީ މީހުންނާ ފޮށުމާއި، ދޮގު ފެތުރުމުގައި ކަމަށެވެ.

"މި ސަރުކާރުން އިސްލާމް ދީން މަތިވެރިކުރަން ކުރާ މަސައްކަތަށް ރައްޔިތުން ހެކިވާނެ. މި ސަރުކާރުން ގުރުއާނާއި މިސްކިތްތަކުގެ އަޑު ކަނޑުވައެއް ނުލާނެ" މިނިސްޓަރު ވިދާޅުވި އެވެ.

ބައެއް ނަމާދު ވަގުތުތަކުގައި މިސްކިތް ކައިރީގައި ހުންނަ ގޭބިސީތަކުގައި ނަމާދުކުރުމަށް އުނދަގޫވާވަރަށް އަޑު ބަހައްޓާތީ އާންމުންގެ މީހަކު ޝަކުވާ ފެންމަތިކުރުމުން ޝަހީމް ދެއްވި ލަފަޔަކާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ތަރާވީހު ނަމާދާއި ދަމު ނަމާދުކުރުމުގައި ކުޑަކުދިން ނިންދަވާ ވަގުތު އަދި އުޒުރުވެރިވާ މީހުން ގޭގައި ކުރާ ނަމާދުތަކަށް ދަތިނުވާނެހެން މިސްކިތުގެ ތެރޭގައި އަޑު ބެހެއްޓުން ރަނގަޅު ކަމަށެވެ.

ރައީސް އަބްދުﷲ ޔަމީން އިސްވެ ހުންނަވައި އުފެއްދެވި ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ނައިބުރައީސް، މުހައްމަދު ޖަމީލް އަހުމަދު ވެސް ވަނީ މި މައްސަލާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވަނީ މި ސަރުކާރުން "މިސްކިތްތަކުގެ އަޑު ކަނޑުވާ ނުލާނެ"ކަމަށެވެ.

  1. އިސްތިއުފާއޭ

    ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ ޝަހީމް އިސްތިއުފާ