ޚަބަރު ރައްޔިތުންގެ މަޖިލިސް އިޖުތިމާޢީ

މަޖިލިސް އިންތިޚާބުގައި ޖުމްލަ 602 ވޯޓުފޮށި ބަހައްޓާނެ!

ފައިނާ ފާއިޒް ، ދެން އޮންލައިން
ވޯޓު ފޮށްޓެއް

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޖުމްލަ 602 ވޯޓުފޮށި ބެހެއްޓޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ)އިން ހާމަކޮށްފިއެވެ.

Ads by MWSC

ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައި ވަނީ

  • މާލޭގައި 181 ފޮށި
  • ހުޅުމާލޭގައި 51 ފޮށި
  • ވިލިމާލޭގައި 9 ފޮށި
  • އަތޮޅުތެރޭގައި 319 ފޮށި
  • ޖަލުތަކުގައި 5 ފޮށި
  • ރިސޯޓުތަކުގައި 34
  • ރާއްޖޭން ބޭރުގައި 3 ފޮށި

މި އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ ތިން ގައުމެއްގައެވެ. ބޭރު ގައުމެއްގައި ވޯޓު ފޮށި ބެހެއްޓޭނީ އީސީން ކަނޑައަޅާފައިވާ 150 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓަރީ ކުރާ ގައުމުތަކުގައި އެކަންޏެވެ.

އެ އަދަދަށް ރީ-ރަޖިސްޓަރީ ކޮށްފައި ވަނީ މެލޭޝިޔާ، ސްރީލަންކާގެ އިތުރުން މި އިންޑިއާގައެވެ. މޭލެޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ބަހައްޓާ ފޮއްޓަށް ވޯޓުލާން 702 މީހަކު ރަޖިސްޓްރީ ކޮށްފައިވާއިރު ލަންކާގެ ކޮލަމްބޯގައި ވޯޓުލާން ރަޖިސްޓްރީވީ 306 މީހުންނެވެ. ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އިންޑިއާގެ ޓްރިވެންޑްރަމްގައި ވޯޓުލާން ރަޖިސްޓްރީވީ 159 މީހުންނެވެ.

ކުރިން ވޯޓުފޮށި ބަހައްޓަން ނިންމި ތައިލެންޑް، އިނގިރޭސިވިލާތް އަދި އެކުވެރި އަރަބި އިމާރާތުގައި ވޯޓުފޮށި ނުބަހައްޓަން ނިންމާފައިވާ ކަމަށް އީސީން ބުންޏެވެ.

އެހެންވެ އެ ގައުމުތަކުގައި ދިރިއުޅޭ ރައްޔިތުން އެހެން ތަނެއްގައި ވޯޓުލާން ރީ-ރަޖިސްޓާ ވުމުގެ ފުރުސަތު ލިބޭނެއެވެ. އީސީން ބުނީ، ހުޅުވާލާފައިވާ މުއްދަތުގައި ރީ ރަޖިސްޓާ ކޮށްފައި ނުވާ މީހުންނަށް ވޯޓުލެވޭނީ ރަށްވެހިވެފައިވާ ރަށުގައި ކަމަށެ

މި އިންތިޚާބުގައި ވޯޓުލުމަށް 10،000 މީހުން ވަނީ ރީ-ރެޖިސްޓާ ވެފައިއެވެ.

އީސީން އާއްމުކުރި ނަންބަރުތައް ދައްކާ ގޮތުން އޮންލައިން ޕޯޓަލް ''އީ ފާސް'' މެދުވެރިކޮށް 11،169 މީހަކު ވަނީ ރީ-ރަޖިސްޓްރީވާން ހުށަހަޅާފައިވެވެ. އޭގެ ތެރެއިން ސައްހަވީ 10،028 ފޯމެވެ. ރިޖެކްޓްވީ 11،141 ފޯމެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބާއްވަން ހަމަޖެހިފައިވާ ތާރީޚަކީ އެޕްރީލް 21 އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!