ޚަބަރު

ސިޔާސީ ތަންތަނުން ނުފެންނާނެ ކަމަށް ނުބުނަން: ތައުލީމީ ވަޒީރު

އައިކާ ޔުނާން ، ދެން އޮންލައިން

ސިޔާސީ އެއްވެސް ތަނަކުން ނުފެންނާނެ ކަމަށް އެއްވެސް އިންޓަވިއުއެއްގައި ވިދާޅުވެފައި ނޯންނާނެ ކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައްޔިތުންގެ މަޖިިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުالله ވިދާޅުވީ, އެއްވެސް ވަރަކަށް ސިޔާސީ މަސައްކަތުގައި ނޫޅުއްވާނެ ކަމަށް ވަޒީރު ވިދާޅުވަނަމަވެސް, ދާދި ފަހުން ހުވަދު އަތޮޅުގައި މަޖިލިސް ކެމްޕެއިނަށް ވަޒީރު ވަޑައިގެންފައިވާ ކަމަށެވެ.

އެއީ ކިހިނެއްވެގެން ދިޔަ ކަމެއްތޯ ޔައުގޫބް ސުވާލުކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު އިސްމާއީލް ވިދާޅުވީ, ސިޔާސީ އެއްވެސް ތަނަކުން ނުފެންނާނެ ކަމަށް ވިދާޅުވެފައިނުވާނެ ކަމަށެވެ.

"ކިހިނަކުންތޯ އަޅުގަނޑު އެހެން ބުނާނީ ސިޔާސީ އެއްވެސް ތަނަކުން ނުފެންނާނެޔޭ. އެހެނެއް އަޅުގަނޑު ނުއެއް ބުނަން އިނގޭތޯ. އެއީ ރަނގަޅު ވިދާޅުވުމެއް ނޫން ތި ވިދާޅުވީ," ވަޒީރު ވިދާޅުވި އެވެ.

އިސްމާއީލް ވިދާޅުވީ އިންޓަވިއުގައި ފާހަގަކޮށްފައިވާނީ ތައުލީމާ ބެހޭ ވަޒީރު ފެންނަން ނުޖެހޭ އަދަބު ކުޑަ ތަނަކުން ނުފެންނާނެ ވާހަކަ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!