ޚަބަރު

ހުޅުމާލެއަށް ވީހާވެސް އަވަހަށް އިތުރު 6 ސްކޫލް ބޭނުންވޭ: މިިިނިސްޓަރ

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުޅުމާލޭގައި ދިރިއުޅޭ ކުދިންނަށް ތައުލީމު ކަށަވަރުކޮށްދިނުމަށް ވީ އެންމެ އަވަހަކަށް ހުޅުމާލެއަށް އިތުރު 6 ސްކޫލް ބޭނުންވާކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިނިސްޓަރ މިފަދައިން ވިދާޅުވީ މިއަދުގެ މަޖިލިސް ޖަލްސާގައި އިތުރު ކިތައް ސްކޫލު ބޭނުންވޭތޯ މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު މިއުޅޭ މީހުންނަށް ކޭޓާކުރެވޭ ވަރަށް އަދި އިތުރު ކިތައް ސްކޫލު އަޅަންޖެހޭތޯ އާއި އެ ކަމުގެ ޕްލޭންއަކީ ކޮބައިތޯ އައްސަވާފައެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ ހުޅުމާލޭގެ 2 ފޭސް ހިމެނޭ ގޮތަށް ޖުމްލަ 6 ސްކޫލް ވީހާ އަވަހަކަށް ބޭނުންވާކަމަށެވެ.

"ކަށަވަރު ކުރެވޭނީ ހަ ސްކޫލު ވީހާ ވެސް އަވަހަކަށް ހުޅުމާލޭގައި ގާއިމުކުރެވިގެން،" މިނިސްޓަރ ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ހުޅުމާލޭ ފޭސް 2 ގައި މިވަގުތު ހުރު ހަމައެކަނި ސްކޫލް ސަލާހުއްދީން ސްކޫލަށް ކުދިން ވެއްދުމަށް މިދިޔަ ހަފްތާއާއި ހަމައަށް 800 ވުރެ ގިނަ ރިކުއެސްޓް ލިބިފައިވާކަމަށެވެ. އެހެންކަމުން ފޭސް 2ގައި އަދި 4 ސްކޫލް ބޭނުންވާ ކަމަށާއި ފޭސް 1އަށް އިތުރު 2 ސްކޫލް ބޭނުންވާ ކަމަށް މިނިސްޓަރ ވިދާުވިއެެވެ.

"އަޅުގަނޑުމެންނަށް މި ގަބޫލުކުރެވެނީ ހަމަ 2 ޝެޝަނަށްވެސް އަދި ކޭޓަރ ކުރެވޭނީ މަދުވެގެން އަދި ދެ ސްކޫލް ފޭސް 1 އަށް ލިބިގެން ފޭސް 2 އަށް އަދި 4 ސްކޫލް ލިބިގެންކަން ކޭޓާ ކުރެވޭ ވަރުވާނީ. އޭއީ އަދި ތައުލީމުގެ ކަށަވަރުކަން އިނގޭތޯ. އަދި 1 ސެޝަނަށް ހެދުމެއްވެސް ނޫން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައިވާއިރު ކުރިއަށް އޮތް ދިރާސީ އާ އަހަރާ އެކު، ފޭސް 2ގެ ސަލާހުއްދީން ސްކޫލްގެ ކިޔެވުން ދެ ދަންފަޅި އަށް ބަދަލުކުރަން ވެސް އެޑިއުކެޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!