ޚަބަރު

ތިލަމާލެ ބްރިޖުގެ އަޕްޑޭޓެއް ދީފި، ތާވަލަށްވުރެ އަވަސް

އައިޝަތު ނިއުޝާ ، ދެން އޮންލައިން
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ދަނީ

މާލެއާއި ވިލިމާލެއާއި ގުޅީފަޅާއި ތިލަފުށި ގުޅާލުމަށް އަޅާ ތިލަމާލެ ބުރިޖު މަޝްރޫއުގެ 35 އިންސައްތަ ނިންމާލާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

Ads by Hajj Corporation

ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ސެނެކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވީ މަސައްކަތް ކުރިއަށް ދަނީ ތާވަލަށްވުރެ 1.11 އިންސައްތަ އަވަހަށް ކަމަށެވެ.

''މި ވަގުތު އަޅުގަނޑުމެންގެ އެންމެ ބޮޑު މަސައްކަތަކީ ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުން، ހަމައެއާއެކު ކޮންޓްރެކްޓާއަށް ކޮމްފޮޓަބަލްވާ ހިސާބުން މަސައްކަތް ކުރިއަށް ގެންދުވުނީމަ މަޝްވަރާކުރަން ފަށާނަން ކިހާ އަވަހަކަށްތޯ ނިންމާލެވޭނީ'' ތިލަމާލެ ބްރިޖުގެ އަޕްޑޭޓްތައް ހާމަކުރައްވަމުން ވިދާޅުވިއެވެ.

ބްރިޖުގެ ޕައިލިން މަސައްކަތުގެ 54.4 މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުން ކުރިއަށްގެންދާ އެ މަސައްކަތާ އިންޑިއާގެ އެފްކޮންސްއިން ހަވާލުކުރީ 2021 ވަނަ އަހަރު އޯގަސްޓު މަހުގެ ތެރޭގައެވެ.

ރައީސް ޑރ. މުހއްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވި ގޮތުގައި، އެ މަޝްރޫއު އެއްކޮށް ނިންމައިލެވޭނެ ކަމަށް ބޮޑަށް ގަބޫލުކުރެއްވެނީ 2026 ވަނަ އަހަރެވެ.

ތިލަމާލ ބުރިޖުގެ މަޝްރޫއު ނިންމަން ފުރަތަމަ އެއްބަސްވީ މި އަހަރުގެ ނިޔަލަށެވެ. އެކަމަކު، ކުރީ ސަރުކާރުގެ ފަހު ދުވަސްކޮޅު ސޮއިކުރި އާ އެއްބަސްވުމެއްގައި ވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު 30ގެ ނިޔަލަށް އެ މަޝްރޫއު ނިންމަން ޖެހޭ ތާރީހު ފަސްކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!