Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ސަލްޓަން ޕާކުގެ ބޯޑުތަކަށް ގެއްލުން ދީފި، މައްސަލަ ފުލުހަށް

ސަލްޓަން ޕާކުގެ ބޯޑުތަކަށް ގެއްލުން ދީފި، މައްސަލަ ފުލުހަށް

ސަލްޓަން ޕާކަށް ބަޔަކު ވަދެ ގެއްލުން ދިން މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސަލްޓަން ޕާކަށް ބަޔަކު ވަދެ އެތަނުގައި ހުރި ބޯޑުތަކެއް ނައްޓާލައި، ގެއްލުން ދީފައިވާކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

Advertisement
Ooredoo — Square (box)

ކައުންސިލުން އާންމުކުރި ފޮޓޯތަކުން ފެންނަނީ އެތަނުގެ ކުޅޭ ސަރަހައްދުގައި ކުދިންނަށް އިރުޝާދު ދިނުމުގެ ގޮތުން ހަރުކޮށްފައިވާ ބޯޑަކާއި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހަރުކޮށްފައިވާ ބޯޑެއް ވެސް ނައްޓާލާފައި ވަނިކޮށެވެ.

މި މައްސަލާގައި މީހަކު ހައްޔަރުކުރިކަމެއް އަދި ސާފެއް ނުވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް