ޚަބަރު

ފެނަކައަށް ގެއްލުންވާ ގޮތަށް ކުރީ ސަރުކާރުން ހަވާލުކޮށްފައިވާ 25 ޕްރޮޖެކްޓެއްގެ މައްސަލަ އޭސީސީއަށް

އައިކާ ޔުނާން ، ދެން އޮންލައިން
ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު

ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖުމަންޓުން އެ ކުންފުންޏަށް ގެއްލުންވާ ގޮތަށް ހަވާލުކޮށްފައިވާ 25 ޕްރޮޖެކްޓެއްގެ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

Ads by MWSC

ފެނަކަ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރަޝީދު މިއަދު "އެކްސް" ގައި ވިދާޅުވީ މި ޕްރޮޖެކްޓުތަކަކީ ބީއޯކިއުއެއް އަދި މާކެޓްގައި މިމަސައްކަތްތައް ކުރެވޭނެ އަގަށް ބެލުމެއްނެތި އަދި އެސެސްމެންޓެއްވެސް ނުހަދާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓުތަކެއް ކަމަށެވެ.

އަދި މިގޮތަށް މަގާމުގެ ފައިދާ ނަގައިގެން މިފަދަ 60 ޕްރޮޖެކްޓެއް ދީފައިވާ ކަމަށާއި އޭގެ ތެރެއިން 25 ޕްރޮޖެކްޓެއްގެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެތައް ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދެވި ކުންފުނި ވަނީ ބޮޑުތަނުން ދަރާފައި. ޒިންމާ ވާންޖެހޭ ފަރާތްތަކުގެ މައްސަލަ ލަސްނުކޮށް ބަލާ ގާނޫނީ ފިޔަވަޅު އަޅަންޖެހޭ," އޭނާ ވިދާޅުވިއެވެ.

އޭސީސީއަށް ހުށަހެޅި ޕްރޮޖެކްޓުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިންޖީނުގެއާ ކުރުމާއި ރީލޮކޭޓުކުރުމާއި ފެނަކަ އޮފީސް އިމާރާތް ކުރުމުގެ މަޝްރޫއުތަކެވެ.

މުއާޒް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މީގެ ގިނަ މަޝްރޫއުތަކަށް ފައިސާ ނުދެވި މަސައްކަތް ވަނީ ހުއްޓިފައެވެ. އެ މަޝްރޫއުތަކަށް އެކަނި އެއް ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި މި ކަމުގައި ބޮޑު ހިޔާނާތެއް އެކުލެވޭ ކަމަށް ވެސް އޭރު އޭނާ ތުހުމަތު ކުރައްވާފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!