Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކެމްޕޭނުގައި އުޅުއްވަނިކޮށް ނަރީޝަށް ހަމަލާދީފި

ކެމްޕޭނުގައި އުޅުއްވަނިކޮށް ނަރީޝަށް ހަމަލާދީފި

ކެމްޕޭނުގައި އުޅެނިކޮށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހްމަދު ނަރީޝަށް ހަމަލާދީފިއެވެ.

ނަރީޝް "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހަމަލާ ދީފައިވަނީ މިއަދުގެ ވަގުތެއްގައި ގއ. މާމެންދޫއިން ކަމަށެވެ.

އެ ރަށު ބަނދަރަށް ފޭބިތަނުން މީހަކު އައިސް ގޮށްމުށް ކަވާފައި ބުރަކަށްޓަށް ދެ ފަރަހަށް ހަމަލާދިން ކަމަށް މާލޭ ޑެޕިއުޓީ މޭޔަރު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

"ގޮށްމުއްކަވާފަ ދެފަހަރަށް ބުރަކަށީގައި ޖެހީ. ދެން ހޮޅިބުރިއެއް ނަގައިގެން ޖަހަންވާއިރަށް އެތަނުގައި ތިބި މީހުން އޭނާ ހިފެހެއްޓި،" ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ، ހަމަލާދިން މީހާ ވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް