ޚަބަރު

ބޭރު ސިފައިން ދޯނިތަކަށް އެރި މައްސަލާގައި ޣައްސާނާ ސުވާލުކުރުން މާދަމާ އަށް

އަލީ ސަމާޙް ، ދެން އޮންލައިން
މިނިސްޓަރު ޢައްސާން

ރާއްޖޭގެ ތިން މަސް ދޯންޏަކަށް އިންޑިއާ ސިފައިން އެރި މައްސަލައާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓަރު ޢައްސާން މައުމޫންއާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

Ads by Hajj Corporation

މާދަމާ ހެނދުނު 10:30 ގައި ފަށާ ޖަލްސާގައި ޢައްސާނުއާ ސުވާލުކުރައްވަން ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ ދަ ޑިމޮކްރެޓްގެ މެންބަރުން ހަސަން ލަތީފެވެ.

ޣައްސާން ކުރުމަށް ހަސަން ހުށަހެޅުއްވީ ސުވާލަކީ:

  1.  ރާއްޖޭގެ މަސްބޯޓުތަކަކަށް އިންޑިއާގެ ސިފައިންގެ ބަޔަކު އަރާފައިވާކަމީ ދިވެހިން އިންތިހާ އަށް ކަންބޮޑުވެ ބިރުގަނެފައިވާ ކަމަކަށްވީ ހިނދ،ު އެކަން ހިނގާފައިވަނީ ރާއްޖޭގެ ސަރަހައްދުގެ އެތެރޭގައިކަން ނުވަތަ އެ ސަރަހައްދުން ބޭރުގައިކަން މިހާރު ސަރުކާރަށް ކަށަވަރު ކުރެވިފައިވޭތޯ އާއި، އެކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު މި މަޖިލީހަށް ވިދާޅުވެދެއްވަފާނަންތޯ އާއި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުގެ ސިޔަސަތުތަކަށް ގެންނަން ޖެހޭ ބަދަލުތަކަކީ ކޮބައިކަން ވިދާޅުވެދެއްވަފާނަންތޯ؟

އިންޑިއާގެ ސިފައިން ދޯނިތަކަށް އެރި މައްސަލާގައި ފެބްރުއަރީ މަހު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް ހާޒިރުކުރިއެވެ. އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގެ ތެރޭގައި ބޮޑުކަންނެލި މަސްވެރިކަން ކުރަން އުޅުނު ތިން ދޯންޏަކަށް އިންޑިއާގެ ސިފައިން އަރައި ހަތިޔާރުތަކާއެކު ހަރަކާތްތެރިވިއެވެ. ސިފައިން އެރީ ނިރު-7، އަސުރުމާ-3، އަދި މާހޯރަ-3 ދޯންޏަށެވެ.

އެ ތިން ދޯންޏަކަށް އަރާފައިވަނީ އިންޑިއާގެ ކޯސްޓުގާޑް ޝިޕް 246 އާއި ކޯސްޓު ގާޑު ޝިޕް 253 އިންނެވެ. އެކަން ކޮށްފައިވަނީ ކަނޑުތަކުގެ ގާނޫނުތަކާ އުސޫލާ ހިލާފަށް ކަމަށް މީގެ ކުރިން, ދިފާއީ ވުޒާރާއިން ބުނެފައިވެއެވެ.

ކުރީގެ ޑިފެންސް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވާ ގޮތުންނަމަ އިންޑިއާ ސިފައިން ދޯނިތަކަށް އެރީ ރާއްޖޭގެ ކޯސްޓުގާޑާ ނުގުޅިގެނެވެ. އެ ވާހަކައަށް ސަރުކާރުން އެއްޗެއް އެއްޗެއް ބުނެފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!