Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައީސަށް ފާޑުވިދާޅުވި އައްބާސްއަށް ސަރުކާރުގެ މަގާމެއް ދީފި

ރައީސަށް ފާޑުވިދާޅުވި އައްބާސްއަށް ސަރުކާރުގެ މަގާމެއް ދީފި

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ފާޑުކިޔުންތަކާއި ތުހުމަތުތައް އަމާޒުކުރައްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަޅީގައި ހުންނެވި އައްބާސް އާދިލް ރިޒާއަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ވަޒީފާ ހަމަޖައްސައިދީފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މިހާރު ވަނީ ވަޒީފާއަށް ނިކުންނަވަން ފައްޓަވައި، ފުރުމުގެ ކުރިން އޮންނަ އޮރިއެންޓޭޝަންތަކުގައި ވެސް ބައިވެރިވެފައެވެ.

އައްބާސް އާދިލް ރިޒާއަކީ ރައީސް ޑރ. މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާުވެފައިވާ ބޭފުޅެކެވެ. ރައީސް ހުވާ ކުރެއްވި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައްބާސް ވިދާޅުވީ ރައީސް މުއިއްޒަކީ ސިޔާސީ ގޮތުން މަގުބޫލު ބޭފުޅެއް ނޫންކަމަށެވެ. އަދި މިއީ ރައްޔިތުން ރައީސް ޔާމީނަށްޓަކައި ގެނައި ވެރިކަމެއް ކަމަށް އައްބާސް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ޕާޓީގެ އެތެރޭގެ މައްސަލަތަައް އިތުރަށް ގޯސްވެ މިފަހުން އައްބާސް ހުންނެނީ އެއްކޮށް މަސައްކަތާ ދުރުގައެވެ.

ނިމިގެންދިޔަ އެމްޑީޕީގެ ވެރިކަމުގައި ދައުލަތުން އައްބާސްގެ މައްޗަށް، ފަނާކޮށްފާނެ ކަމުގެ ބިރުދެއްކުމުގެ ދައުވާ ވެސް ކުރިއެވެ. އެ ދައުވާ ކުރީ އިންޑިއާ ހައި ކޮމިޝަންގައި ހުޅުވަން ހިތްވަރު ލިބޭ ގޮތަށް ޓްވީޓް ކުރެއްވުމާއި މާލޭގެ ބައެއް ތަންތަނުގައި ހަމަނުޖެހުން ހިންގަން ކްލަބް ހައުސްގައި ހިތްވަރު ދެއްވި ކަމަށް ބުނެއެވެ.

އައްބަސް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު ވެސް އަދާކުރައްވާފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް