ޚަބަރު ރައްޔިތުންގެ މަޖިލިސް

ފުލުހުންގެ ބެލުމުގެ ދަށުގަ ހުންނަ ޑްރަގު ގެއްލޭކަމަށް ތުހުމަތުކޮށް މައްސަލަ ބަލަން ނިންމައިފި

ފައިނާ ފާއިޒް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލިސް

ފުލުހުންގެ ބެލުމުގެ ދަށުގަ ހުންނަ ޑްރަގު ގެއްލޭކަމަށް ތުހުމަތުކޮށް، އެ މައްސަލަ ބަލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ 241 ކޮމިޓީން ބަލަން ނިންމައިފިއެވެ.

Ads by Sosun Fihaara

މި މައްސަލަ މަޖިލީހުގެ ސަލާމަތާއި ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމްއެވެ. އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ މި މައްސަލަ ބެލުމަށް ތާއީދުކޮށްފައިއެވެ.

މި މައްސަލަ ކޮމިޓީއަށް ހުށަހަޅަމުން ޚަލީލު ވިދާޅުވީ، ކަނޑުމަގުންނާއި ވައިގެމަގުން ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު މަސްތުވާ ތަކެއްޗަށް ވާނުވާ ނޭނގި ގެއްލޭ ކަމުގެ މައުލޫމާތު ވަނީ ލިބިފައި ކަމަށެވެ.

ފުލުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުންނަ މަސްތުވާތަކެތި ގޮދަން ފުށަށް ވެގެންދާ ވާހަކައާއި، ސްޓޯރޭޖުގައި ބަހައްޓާފައި ހުއްޓާ ދެބައިކުޅަ އެއްބައި މަސްތުވާތަކެތި މީދާ ކާލައިފި ކަމަށް މިފަހުން އަޑު އިވިފައިވާކަމަށް ޚަލީލު ވިދާޅުވިއެވެ.

އަދި ބައެއް ފުލުހުން އެ މަސްތުވާތަކެތި ނަގައިގެން އިތުރަށް އޭގެ ވިޔަފާރިކުރަމުން އަންނަ ކަމަށްވެސް އަޑުއިވިފައިކަމަށް ވެސް ޚަލީލު ވަނީ ވިދާޅުވެފައިއެވެ.

މަސްތުވާތެކެތި ފުލުހުންނާއި ހަވާލުކުރާއިރު އެއީ ކޮން ބާވަތެއްގެ މަސްތުވާ ތަކެއްޗެއްތޯ ބެލުމަށް މި މައްސަލައަށް ތާއީދު ކުރެއްވި ހައިތަމް ވަނީ ހުށަހަޅުއްވާފައިއެވެ.

"ހަވާލުކޮށްފައި އެއީ ކޯއްޗެއްތޯ، ގޮދަންފުށްތޯ، ލޮނުތޯ، ހަކުރުތޯ، އެޔެއް ބަލައި އެކަން ކުރަން ހަވާލުކުރެވިދާނެ."

އަދި މަސްތުވާތެކެތި ހިފޭއްޓުމުގެ ހުއްދަ އޮންނަ ތަންތަނުން އެ ތަކެއްޗާ ހަވާލުވެފައިވާ ތަނާއި މެދު އޮޅުން އަރާކަމުގެ ޝަކުވާވެސް ލިބޭކަމަށް ހައިތަމް ވަނީ ފާހަގަކޮށްފައިއެވެ.

މި ކަންކަން ސާފު ކުރުމަށް އެމްއެންޑީއެފްއާއި، ފުލުހުން އަދި ކޮށްޓުގާޑާއި ކަސްޓަމްސް ކޮމިޓީއަށް ހާޒިރުކުރަން ވަނީ ނިންމާފައިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!