ޚަބަރު

ކާކުކަން ފުލުހަށް ދެނެނުގަނެވުނު މީހެއްގެ މައުލޫމާތު ހޯދަން އިއުލާންކޮށްފި

އައިޝަތު ނިއުޝާ ، ދެން އޮންލައިން
މަކަރާއި ހީލަތުގެ މައްސަލައެއްގައި ވަނަވަރު ސާފްކުރުމަށް އާންމުކުރި ފޮޓޯ -- ފޮޓޯ: ފުލުހުން

މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހެއްގެ ވަނަވަރު ދެނެގަތުމަށް އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެ އެވެ.

Ads by Sosun Fihaara

މީހެއްގެ ފޮޓޯ އާންމުކޮށް ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެމީހާއަކީ ފުލުހުންނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހެއް ކަމަށެވެ.

އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުގެ އިންވެސްޓިގޭޝަން ނަންބަރު 9980062 ނަންބަރު ފޯނަށް ގުޅައި އެކަން ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

ފުލުހުން ބުނީ މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެހީ ފާހަގަކޮށް ޝުކުރު އަދާކުރާކަމަށެވެ.

Ads by HDC
  1. ލަކުޑި ކަޅޭ

    ކޮބާ ލަދުހަޔާތް ތިޔަމުއައްސަސާފެއިލްވިވާހަކަ ވިއްޔަތިޔަބުނީ މަހަމަހައިރާންވެއްޖެ

  2. ޥަކަރު ކަޅެ

    ކަލެ އައް ވާނުވާ ނޭގޭ ވަރު ތި އެނގެނީ…. ޑުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ކުރާ ކަމެއް އެއީ . ގަމާރު ވިއަސް ބޮޑުވަރު ތީ!

  3. ދޮންބުޅީ

    މީ އާމުންނަށް ކުރިމަތި ކުރި ރޯދައަގެ ސުވާލެއް ހަހަހަހަ……..