ޚަބަރު

މަގުތަކުން ދޫކޮށްފައި ހުރި ގޯތި ދޭން ތާރުކަނޑަން ފަށައިފި

އައިޝަތު ނިއުޝާ ، ދެން އޮންލައިން
ހުޅުމާލެ ދެވަނަ ފިޔަވަހި -- ފޮޓޯ: މިހާރު

މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން މަގުތަކަށް އަރާގޮތަށް ދީފައި ހުރި ގޯތިތައް ދޫކުރުމަށް ތާރު ކެނޑުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ފަށައިފި އެވެ.

Ads by Sosun Fihaara

އެޗްޑީސީއިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރެވިފައިވާ ޕްލޮޓް ތަކުގެ ތެރެއިން މަގުތަކަށް އަރާ ގޮތަށް ދޫކުރެވިފައިވާ ޕްލޮޓްތައް ދިނުން އަވަސް ކުރުމަށް، އެސަރަހައްދުގައި އަޅާފައިވާ ތާރު ކެނޑުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށެވެ.

އެޗްޑީސީއިން ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން ކަނޑައަޅާފައިވާ ގޯތިތަކުގެ އިން ވަކިކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް، ގޯތި ހަވާލުކުރުން އަވަސް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާކަމަށެވެ.

އެގޮތުން ގޯތި ދީފައިވާ ސަރަހައްދުތަކުގެ ބިން ސާފުކުރުމާއި، ބައެއް ގޯތިތަކަށް އަރާފައިވާ ފެނާ ނަރުދަމާގެ ނެޓްވޯކް ބަދަލުކުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންކަމަށް އެޗްޑީސީން ބުނެ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައި ހުރި ގޯތިތައް، ދީފައި ހުރީ ކަރަންޓު ނެޓްވޯކާއި، ކޮންސްޓްރަކްޝަން ސައިޓުތަކާއި، މަގުތަކަށް ވެސް ބަލާލުމެއް ނެތި ކަމަށް އެޗްޑީސީން ބުނެ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރު ފަޅުންނާއި، ގުޅީފަޅުން އަދި ހުޅުމާލެއިން 9،003 ގޯތި ދޫކުރި އެވެ. ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައި އޮތީ 1351 ގޯއްޗެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!