Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފުރަތަމަ ފަހަރަށް ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިން މައްކާ އިން މަދީނާ އަށް ރޭލުގައި

ފުރަތަމަ ފަހަރަށް ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިން މައްކާ އިން މަދީނާ އަށް ރޭލުގައި
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގަ ރަމަޟާން ޢުމްރާ އަށް ދަތުރުކުރި ޢުމްރާވެރިން ރޭލުގަ މައްކާ އިން މަދީނާ އަށް ގެންގޮސްފިއެވެ. ޙައްޖު ކޯޕަރޭޝަނުން ޙައްޖު އަދި ޢުމްރާގެ ޚިދުމަތް ދެމުން އަންނަތާ 10 އަހަރު ފަހުން ޢުމްރާވެރިން ރޭލުގަ މަދީނާ އަށް ގެންގޮސް މިވަނީ އަދި އަލަށެވެ. މިއީ ތާރީޚީ ޚިދުމަތެކެވެ. މައްކާ އިން މަދީނާ އަށް ޢުމްރާ ވެރިން މީގެ ކުރިން ކުރަމުން އަންނަ ދަތުރަކީ 06 ގަޑި އިރާއި 08 ގަޑި އިރާއި ދެމެދުގެ ދިގުމިނެއް ހޭދަވާ ތަކުލީފު ބޮޑު ދަތުރުތަކެކެވެ. ދަތުރުގެ ދިގުމިނުގެ ސަބަބުންނާއި ޢުމުރުން ދުވަސްވުމުގެ ސަބަބުން އަދި އެނޫންވެސް ސިއްޚީ މައްސަލަތައް ހުންނަ ފަރާތްތަކަށް ގިނަ އިރު އިށީނދެގެން އިންނަންޖެހުމުގެ ސަބަބުން އިޙްސާސް ކުރަންޖެހޭ ތަކުލީފުތައް ބޮޑެވެ. މިއަދު އެ ކޯޕަރޭޝަންގެ އެމްޑީ, ޝަކީލު ޓްވިޓަރގައި ވިދާޅުވީ, ޢުމްރާވެރިންގެ މި ތަކްލީފުތަކަށް ޙައްލެއް ހޯދައިދީ ވީހާވެސް ލުއި ފަސޭހަ ގޮތެއްގަ އަޅުކަން އަދާ ކުރުމުގެ މަގުފަހިކޮށްދެއްވުމަށް ރައީސް ޑރ. މުޢިއްޒު ދެއްވާފައިވާ އިރުޝާދާއި ގުޅިގެން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖްމަންޓުން މިދިޔަ ޑިސެމްބަރ މަހުން ފެށިގެން ކުރަމުން އައި މަސައްކަތުގެ ނަތީޖާ އެއްގެ ގޮތުން ޢުމްރާވެރިންގެ ތަކުލީފުތަކަށް މިވަނީ ބޮޑު ލުޔެއް ހޯދިފައިވާ ކަމަސެވެ. 06 ގަޑިއިރާއި 08 ގަޑި އިރުގެ ތަކްލީފް ބޮޑު ދިގު ދަތުރު މިހާރުމިވަނީ އެންމެ 02 ގަޑި އިރަށް ލުއި ކުރެވިފަ އެވެ. އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކަކާއި އެކު ޢުމްރާވެރިން މިއަދު މަދީނާ އަށް ދަތުރުކޮށްފައިވަނީ ލުއިފަސޭހަ ކަމާއި އެކު ހިތްހަމެޖެހުމާއި އުފަލުގަ އެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގަ މިއަހަރުގެ ރަމަޟާން ޢުމްރާ އަށް ދަތުރުކުރި 253 ޢުމްރާވެރިންވަނީ މިއަދު ރޭލުގަ މަދީނާ އަށް ދަތުރުކޮށްފަ އެވެ. އަދި އެފަރާތްތަކުގެ ތެރޭގައި ކުރިން މަދީނާ ދަތުރު ތަޖްރިބާ ކޮށްފައިވާ ފަރާތްތައް ވެސް ތިބުމާއި އެކު، އެފަރާތްތަކުން ރޭލު ދަތުރު ފާހަގަ ކުރަނީ ވަރަށްވެސް ލުއިފަސޭހަ ދަތުރެއްގެ ގޮތުގަ އެވެ. އަދި ރަމަޟާން މަހުގަ މިފަދަ ޚިދުމަތެއް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ފޯރުކޮށްދެއްވި ކަމަށްޓަކައި އެކަން އުފަލާއި އެކު ފާހަގަ ކޮށް ބަލައިގަންނަކަން އެފަރާތްތަކުން ފާހަގަ ކުރެއްވި އެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މައުލޫމާތުދެއްވާ ގޮތުގައި އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތްތާނގަ އެކުންފުނިން ދަތުރުކުރާ ހުރިހާ ޢުމްރާވެރިން ވެސް މަދީނާ އަށް ދަތުރުކަރާނީ އަދި އެބުރި އަންނާނީ މުޅިންވެސް ރޭލުގައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް