ޚަބަރު

މި ސަރުކާރަކުގެ އެއްވެސް ޕްލޭނެއް ނެތް: ސޯލިހު

އައިޝަތު ނިއުޝާ ، ދެން އޮންލައިން
މަޖިލިސް އިންތިހާބުގައި އެމްޑީޕީއިން ހުޅުމާލެ ދާއިރާތަކަށް ވާދާކުރައްވާ ތިން ކެނޑިޑޭޓުންނާ އެކު ރޭ ބޭއްވި ތަރާވީސް ޖަލްސާގެ ތެރެއިން ރައީސް ސޯލިހު --- ފޮޓޯ: އެމްޑީޕީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމަށް އައީ ނުފުއްދޭ ދޮގު ވައުދުތަކެއް ވެވަޑައިގެން ކަމަށާއި، ސަރުކާރަކު އެއްވެސް ޕްލޭނެއް ނެތް ކަމަށް ފާއިތުވި ފަސް އަހަރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

Ads by STELCO

އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީއިން ވާދާކުރައްވާ ތިން ކެންޑިޑޭޓުންނާ އެކު ރޭ ބޭއްވި ތަރާވީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން ސިޔާސަތުތައް ބައްޓަންކުރުމުގައި އެއްވެސް ޕްލޭނެއް ނެތް ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ މި ސަރުކާރަކު އެއްވެސްކަހަލަގެ ޕްލޭނެއް ނެތޭ ސިޔާސަތުތައް ބައްޓަންކުރުމުގައެއް. އެހެން ނަމަކަ އެ ފުށިދިއްގަރު ފަޅު މިހާރު ހުއްޓިފައެއް ނޯންނާނެ." ސޯލިހު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ކުރެއްވި ކަމަކީ ރައްޔިތުން އެކަންކަމަކަަށް ބޭނުންޖެހިފައި ތިބި ބިޔަ މަޝްރޫތައް އިއުލާންކުރެއްވުން ކަމަށެވެ. އެގޮތުން ފުށިދިއްގަރު ފަޅުން ބިޔަ ބިމެއް ހިއްކުމާއި، އެއާޕޯޓު ތަރައްގީކުރުުމުގެ މަޝްރޫ އާއި، ގދ. ތިނަދޫ އަދި ގއ. ވިލިނގިލީގައި އަޅަން އިއުލާނުކުރި އެއާޕޯޓުގެ ވާހަކަ ސޯލިހު ފާހަގަކުރި އެވެ.

"އަޅުގަނޑު ހިތުން ރައީސް ޑރ. މުއިއްޒު ހީފުޅުކުރައްވަނީކަންނޭނގެ ރައްޔިތުންނަކީ އެހާ ގަމާރު ބައެކޭ. ނޫން އެހެނެއް ނޫން މިއަދު ދިވެހި ރައްޔިތުން ތިބީ. އެ ދައްކަވަނީ ކޮން ވާހަކައެއްކަން އެ ހަދަނީ ދޮގުކަން ވަރަށް ސާފުކޮށް އެބަ އެނގޭ" ސޯލިހު ވިދާޅުވި އެވެ.

ސޯލިހު އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު ހަރުދަނާ އިގްތިސާދީ ފިޔަވަޅުތައް ކަމަށް ވިދާޅުވެ، ކުރައްވާ ހަމައެކަނި ކަމަކީ އެތައް ޕްރޮޖެކްޓެއް ހުއްޓާލުން ކަމަށެވެ. މިހާތަނަށް 1700 ޕްރޮޖެކްޓު ހުއްޓާލިކަމަށް ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!