Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސަރުކާރުން ހަރަދު ކުޑަކުރެޔޭ ބުންޏަސް، ފެންނަނީ އެހެން މަންޒަރެއް: މާރިޔާ

ސަރުކާރުން ހަރަދު ކުޑަކުރެޔޭ ބުންޏަސް، ފެންނަނީ އެހެން މަންޒަރެއް: މާރިޔާ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މުވައްސަސާތަކުން ހަރަދު ކުޑަ ކުރާ ވާހަކަ ދެއްކެވިނަމަވެސް ފެންނަމުންދަނީ މުޅިން އެހެން މަންޒަރެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރޭ ބޭއްވި މަޖިލިސް ކެމްޕެއިނު ހަރަކާތެއްގައި ވާހަކަ ދައްކަވަމުން މާރިޔާ ވަނީ ރައީސް މުއިއްޒު ސީދާ ކަނޑައެޅިގެން އެކި އެކި ދޮގުތައް ހައްދަވަމުން ގެންދަވާކަމަށް ތުހުމަތު ކުރައްވައިފައެވެ.

"ދައްކަވަނީ ކުރީގައި ދަރަނިވެރިވެފައި އޮތް ކަމުގެ ވާހަކަ. ހަރަދުކުޑަ ކުރައްވަން ކުރައްވާ ކަމަކީ ކުންފުނިތަކުން ވަކި ބަޔަކު ކަނޑާލައްވަނީ އެއަށް ވުރެ ގިނަ މީހުން ވައްދަނީ. އެމްބަސީތަކުގައި ވެސް ހަމަ މިގޮތަށް. މާ ގިނަ މީހުން ތިއްބޭ ކިޔާފައި އަނެއްކާވެސް މީހުން ވައްދަވަމުން ގެންދަވަނީ," މާރިޔާ ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

https://twitter.com/MDPSecretariat/status/1773779440310591808

މާރިޔާ ވިދާޅުވީ ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުން ވެސް ހަރަދު ކުޑަކުރާ ކަމުގެ ވާހަކަ ދެއްކިޔަސް, ފެންނަނީ އެތައް މިލިއަން ރުފިޔާއެއް އެކި ކަންކަމަށް ހަރަދު ކުރަމުން އަންނަ ކަމަށެވެ.

ދެ ބިލިއަން ޑޮލަރު ދައުލަތުގެ މާލިއްޔާއަށް އިތުުރުކުރާނެ ކަމަށް ވެރިކަމުގެ ކުރިން ރައީސް ވިދާޅުވިނަމަވެސް, މިހާތަނަށް އެ ގެންނެވި ޑޮލަރެއް ލިބިފައިނުވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ އިތުރަށް ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގެ ޕްރޮޖެކްޓުތައް ވެސް ހުއްޓިފައިވާ ކަމަށާއި ރަށްރަށުގައި ވަޒީފާ އަދާކުރަމުންދާ ޒުވާނުންނަށް ވަޒީފާގެ ބިރު ދައްކަމުން އަންނަ ކަމަށެވެ.

"ވަޒީފާގެ ބިރު ވެސް ދައްކަމުން ދަނީ އިންތިހާއަށް. އެމްޑީޕީގެ މިދިޔަ ފަސް އަހަރު މިއިން އެއްވެސް ވާހަކައެއް އަޑު ނީވޭނެ. ހަގީގަތުގައި އަޅުގަނޑުމެން މީހުންގެ ވެސް އެންމެ ބޮޑު ޝަކުވާއަކަށްވީ ޕީޕީއެމް މީހާގެ ދަށުގައި މަސައްކަތް ކުރަން ޖެހުން. އެ ވެސް ވަރަށް ބޮޑު ޝަކުވާއަކަށްވި., އެކަމަކު އެމްޑީޕީ މީހާ ވެސް ގަބޫލުކުރޭ އަނިޔާވެރިކަން ކަން ހަމައެކަނި ވަކި ޕާޓީއަކަށް ނިސްބަތްވާތީ އެ މީހާ ވަކިކުރުން," މާރިޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ, ވަކި ޕާޓީއަކަށް ނިސްބަތްވޭތޯ ބެލުމެއްނެތި ފާއިތުވީ ފަސް އަހަރު ވަޒީފާ އަދާކުރުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް