ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު މަރުވެއްޖެ

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު މިރޭ މަރުވެއްޖެއެވެ.
ކަރެކްޝަނުން ބުނީ މަރުވީ ރ. މަޑުއްވަރީ ވިންޑްމާގޭ އަހުމަދު އިޖާޒު (44 އަހަރު) ކަމަށެވެ.
މި މަހުގެ އަށްވަނަ ދުވަހު ނޭވާލާން އުނދަގޫވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިއުމުން، އޭނާ އީއާރްގައި އެޑްމިޓްކުރިއެވެ.
ކަރެކްޝަނުން ބުނީ އިޖާޒު އަކީ ޓީބީ ބަލި ހުރި މީހަކަށް ވެފައި، ބަލީގެ ހާލަތު ދެރަކަމުން މި މަހުގެ ނުވަ ވަނަ ދުވަހު އައިޖީއެމްއެޗްގެ އައިސީޔޫ ގައި އެޑްމިޓްކޮށް، ފަރުވާ ދިން ކަމަށެވެ.
އަދި ހާލަތު ގޯސްވެ، ފަހުން ވެންޓިލޭޓަރަށްލީއެވެ. އައިސީޔޫއިން އޭނާ މަރުވި ކަމަށް ކަނޑައަޅާފައި ވަނީ މިރޭ 23:30 ހާއިރުއެވެ.
އިޖާޒު އަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައެއް ގައި، ތިން އަހަރު ދުވަހުގެ ހުކުމެއް ތަންފީޒުކުރަން މި މަހުގެ ހަތް ވަނަ ދުވަހު ހުޅުމާލޭ ޖަލަށް ގެންދިޔަ މީހެކެވެ.