ޚަބަރު

ފްލެޓާއި ގޯއްޗާ ބެހޭ ކޮމިޓީއަށް ތިން މެންބަރުން އިތުރުކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަހުކޮޅު ''ބިންވެރިޔާ'' ސްކީމުގެ ދަށުން ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކުގައި ހައުސިން މިނިސްޓްރީއަށް ލަފާ ދޭން މިނިވަން މެމްބަރުންގެ މައްޗަށް އެކުލަވާލި ކޮމިޓީއަށް ތިން ބޭފުޅަކު އިތުުރުކޮށްފިއެވެ.

Ads by MWSC

ސިއްހީ ސަބަބުތަކަށްޓަކައި އެ ކޮމިޓީގެ ޗެއާ އަނީސާ އަހުމަދު ވަނީ ހުސްވި މާޗު މަހުގެ 24 ވަނަ ދުވަހު އިސްތިއުފާ ދެއްވާފައެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއް ގައި ބުނީ ރައީސްގެ ލަފާފުޅުގެ މަތިން ކޮމެޓީއަށް އަލަށް ތިން މެމްބަރަކު އިތުރު ކުރެވިފައިވާ ކަމަށެވެ. އެއާއެކު ކޮމިޓީގައި މިހާރު ތިއްބަވާނީ ޖުމްލަ ހަތް މެންބަރުންނެވެ.

ކޮމިޓީ މިހާރު އެކުލުވިގެންވާ ގޮތް:

  1. އާމިނަތު އީނާސް (ކޮމިޓީގެ ޗެއާ) /ހ. ހަބަރުގެ
  2. އަބްދުލްއަޒީޒް ޔޫސުފް (ކޮމިޓީގެ ވައިސް ޗެއާ)/ މ. ދޫނިހުރާ
  3. މުހައްމަދު މައުރޫފް ޖަމީލް/ މ. ދޫރެސް
  4. އަހުމަދު އަލީމަނިކު / ގ. ވިޔަވަތި
  5. މަރްޔަމް ފިޒާނާ ރަޝީދު/ މ. ޒާވަރު
  6. ފާތިމަތު ސައީދު/ކުއްޅަވަގެ، ސ.ހުޅުދޫ
  7. އާމިނަތު ޝައިރާ / ދަޑިމަގު، ވާރޭވިލާ، ޏ. ފުވައްމުލައް

މިނިސްްޓްރީން ބުނީ އެ ކޮމިޓީން މިހާތަނަށް ބާއްވާފައިވަނީ އެންމެ ބައްދަލުވުމެއް ކަމަށެވެ. ކޮމިޓީގެ މަސައްކަތްތަކާއި ނިންމާ ނިންމުންތައް ހާމަކުރަމުންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ސޯލިހުގެ ސަރުކާރުން އިމާރާތް ކުރަން ފެށި 4000 ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓާ ގުޅޭ ގޮތުން އޭސީސީން ހިންގި ތަހުގީގުގައި 60 އިންސައްތަ މީހުން ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!