ދުނިޔެ

ބްލެކް ލިސްޓަށް އިތުރު ކުންފުނިތައް އެއްކުރަން ގޮވާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބެއިޖިންގެ އަސްކަރިއްޔާއާ އެކު މަސައްކަތް ކުރާ ކަމަށް ބުނާ ކުންފުނިތައް ފާހަގަކުރުމަށް ޑިފެންސް ޑިޕާޓްމަންޓުން އެކުލަވާލި ލިސްޓަށް ޗައިނާގެ ހަތް ބަޔޯޓެކް ފާމެއް ހިމެނުމަށް ރިޕަބްލިކަން ޕާޓީގެ މެމްބަރަކާއި ކޮންގްރެސްގެ ޑިމޮކްރެޓިކް މެމްބަރަކު ބައިޑަންގެ ސަރުކާރަށް ގޮވާލައްވައިފި އެވެ.

Ads by Sosun Fihaara

ރިޕަބްލިކަން ޕާޓީގެ މައިކަލް ގަލަގަރް އާއި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ރާޖާ ކްރިޝްނާމޫރްތީ ރޮއިޓާސް އަށް ފެނުނު މާޗް މަހުގެ 29 ވަނަ ދުވަހު ފޮނުވި ސިޓީއެއްގައި ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިންގެ އަރިހުން އެދިފައި ވަނީ ބަޔޯޓެކްނޮލޮޖީގެ ބާރު ބެއިޖިންއަށް ބޭނުންކޮށްގެން އެގައުމުގެ އަސްކަރިއްޔާ ހަރުދަނާ ކުރެވޭނެތީ އެވެ.

"އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ،" ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެލެކްޓް ކޮމިޓީގެ ޗެއާމަން އަދި ރޭންކިން މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ މެމްބަރުން ވިދާޅުވީ އަސްކަރީ އެޑްވާންޓޭޖް ހޯދުމަށް ޗައިނާއިން "ސިންތެޓިކް ޕެތޮޖަންސް އުފައްދައިފާނެ" ކަމުގެ ބިރު އެބައޮތް ކަމަށެވެ.

"ޑިޕާޓްމަންޓް އޮފް ޑިފެންސް އިން މިބާވަތުގެ ކަންކަމުގައި ސީދާ ކޮންގްރެސްގެ މެންބަރުންނަށް ޖަވާބު ދެނީ،" ޑިޕާޓްމަންޓްގެ ތަރުޖަމާނު ވިދާޅުވެފައިވެ އެވެ. އަދި އިތުރު މައުލޫމާތެއް އަދި އިތުރު ތަފްސީލެއް މިވަގުތު ހާމަކުރާނެ ކަމެއް ވެސް ނެތް ކަމަށެވެ.

މި ސިޓީއަކީ ޗައިނާގެ ބަޔޯޓެކް ދާއިރާއާ މެދު ވޮޝިންޓަންގައި ކަންބޮޑުވުން އިތުރުވަމުންދާ ކަމުގެ އެންމެ ފަހުގެ ނިޝާނެވެ. އެމެރިކާގެ ޖެނެޓިކް ޑޭޓާ އާއި އަމިއްލަ ސިއްހަތުގެ މައުލޫމާތަށް ޗައިނާ އިން ނުވަދެވޭ ގޮތަށް ޗައިނާގެ ބީޖީއައި ގްރޫޕާއި ވޫޒީ އެޕްޓެކް ފަދަ ކުންފުނިތަކާ އެކު ފެޑެރަލް އެޖެންސީތަކަށް ކޮންޓްރެކްޓް ނުކުރެވޭ ގޮތަށް ގާނޫނެއް ހެދުމަށް އެމެރިކާގެ ކޮންގްރެސްއިން ދަނީ ވިސްނަމުންނެވެ.
އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުން މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެ ބިލަށް މަސައްކަތް ކުރައްވާ ސެނެޓަރުންނަށް ވިދާޅުވީ ޗައިނާގެ ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ ވޫޒީ އެޕްޓެކް (603259.SS) އިން އެމެރިކާގެ ބުއްދީގެ މުދާ ބެއިޖިންއަށް ބަދަލުކުރީ ރުހުމަކާ ނުލައި ކަމަށެވެ.

ޕެންޓަގަންގެ ޗައިނާގެ އަސްކަރިއްޔާއަށް ތާއީދުކުރާ ކުންފުނިތަކުގެ ލިސްޓުގައި ހިމެނުމަކީ ވަގުތުން މަނާކުރުން ހިމެނޭ ކަމެއް ނޫނެވެ. ނަމަވެސް މިއީ ކުންފުނިތަކުގެ އަގު ވައްޓާލުމަށް މަގުފަހިވާ ކަމެއް ކަމަށާއި އެއީ އެ ކުންފުނިތަކާ އެކު ވިޔަފާރި ކުރަން ވިސްނާ އެމެރިކާގެ ކުންފުނިތަކަށް ދޭ އިންޒާރެކެވެ. އޭގެ ސަބަބުން ޓްރެޜަރީ ޑިޕާޓްމަންޓަށް ވެސް އެ މީހުންނަށް ހުއްދަ ދިނުމަށް ޕްރެޝަރު ވެދާނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!