ޚަބަރު

ރާއްޖެ އައި ޔޫކޭ މީހެއްގެ ލަގެޖުން ހަތް ކިލޯގެ ޑްރަގު އަތުލައިގަނެފި

އަލީ ސަމާޙް ، ދެން އޮންލައިން

ރާއްޖެ އައި އިނގިރޭސިވިލާތު މީހެއްގެ ލަގެޖުން ހަތް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، ފުލުހުންގެ ހައްޔަރަށް ގެންގޮސްފިއެެވެ.

Ads by Sosun Fihaara

އެކަމެއް މިއަދު ހިނގާފައިވާއިރު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެއީ 53 އަހަރުގެ ފިިރިހެނެކެވެ.

ކްރިމިނަލް ކޯޓުން އާއްމުކުރި ކޯޓު އަމުރުގައިވާ ގޮތުން މާސެލް ރޮނަލްޑޯ ފެލޯސް، ރާއްޖެ ގެނައި ދަބަހުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އަށް ޕެކެޓެއް ފެނިފައިވެއެވެ. އެ ތަކެތީގެ ބަރުދަން ހަތް ކިލޯ އަށްވުރެ ގިނަ ކަމަށް ކޯޓު އަމުރުގައިވެއެވެ.

ކޯޓުގައި ޖަވާބުދާރިވަމުން އޭނާ ވަނީ ދައުލަތުގެ ފަރާތުން ވަކީލެއް އައްޔަން ކޮށްދިނުމަށް އެދިފައެވެ.

ކްރިމިނަލް ކޯޓުން ވަނީ އެ މީހާގެ ބަންދަށް 10 ދުވަސް ޖަހާފައެވެ.

ހުސްވި މަހުގެ 20 ވަނަ ދުވަހު ރާއްޖެ އައި މީހެއްގެ އަތުން ތިން ކިލޯގެ ޑްރަގު ވަނީ ހޯދާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!