ޚަބަރު

މި ނިކުތީ ޕީއެންސީ/ޕީޕީއެމް ފައްތާލަން: ޕީއެންއެފް

އައިކާ ޔުނާން ، ދެން އޮންލައިން
ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ޗެނަލް13

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފައްދާ ޕީޕަލް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީ ''ފައްތާލާނެ'' ކަމަށް ބުނެފިއެވެ.

Ads by Sosun Fihaara

ޕީއެންއެފް އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން އިއްޔެ ވަނީ ދީފައެވެ.

ޔާމީން އަދިވެސް ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެމަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.

ހުއްދަ ލިބުމާއި ގުޅިގެން އެ ޕާޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ، ޕީއެންއެފްވެގެން ދާނީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ކަމަށެވެ.

އަދި ގައުމީ މަސްލަހަތު އިސްކޮށް އިސްލާމްދީން ކުރިއަރުވާނެ ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރަން އެ ޕާޓީން އެއްވެސް ވަރަކަށް ފަސްނުޖެހޭނެ ކަމަށް ވިދާޅުވިއެވެ. މަލީހު ވިދާޅުވީ ޕާޓީގެ އާސާސީ ގަވާއިދު އެކުލެވިގެންދާނީ އެ ސިޔާސަތުގެ މައްޗަށް ކަމަށެވެ.

''އަޅުގަނޑުމެންގެ ޕާޓީގެ ރައީސް, ރައީސް ޔާމީނަކީ ޓެސްޓެޑް ލީޑަރެއް، ދުނިޔޭގެ ފެންވަރުގެ ލީޑަރެއް ސިޔާސީ ހަރަކާތެއް ކުރިއަށް ގެންދެވޭނީ އެ ޕާޓީގެ އެންމެ އިސް ބޭފުޅެއްގެ ފިކުރާ ވިސްނުމުގެ މައްޗަށް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން'' ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލްއާ ޔާމީންގެ ދަރިކަލުން ޒޭން ބައިވެރިވެވަޑައިގެންނެވި އެ ޕްރެސް ބްރީފިންގައި މަލީހު ވިދާޅުވިއެވެ.

ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޯލިޝަން އަށް އިޝާރަތްކޮށް މަލީހު ވިދާޅުވީ، ޕީޕީއެމްގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި ޑިފެންސް މިނިސްޓަރު ގައްސާނު މައުމޫން، ޕާޓީ ހިމާޔަތްކުރަން މަސައްކަތް ނުކުރާނަމަ އިސް މަގާމުގައި ތިބުމުގެ ބޭނުމެއް ނެތް ކަމަށެވެ. އޭނާ އެހެން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ 'ނަމުގައި' އެއްވެސް ކެންޑިޑޭޓަކު ވާދަނުކުރާތީއެވެ.

''ޕީޕީއެމްވެސް ޕީއެންސީވެސް އެ ބޭފުޅުން (ޝިޔާމް އާއި ގައްސާނު) ބޭނުންވާ ގޮތަށް ފައްތާލާނަން'' މަލީހު ވިދާޅުވިއެވެ.

ޔާމީންގެ ޝަރީއަތް ދިގުލައިގެންދާތީވެ ޕީއެންއެފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މަލީހު ވަނީ ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ވީހާވެސް އަވަހަށް ތާވަލު ކޮށްދޭން ގޮވާލާފައެވެ. ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒޫ ފޯރުވާކަމުގެ ތުހުމަތާއެކު، މަލީހު ޝަރުއީ ދާއިރާއަށް ގޮވާލީ އެ ނުފޫޒުގައި ނުޖެހުމަށެވެ.

އެއަށް ފަހު ދިން އިންޒާރަކީ ޔާމީން މިނިވަންނުކުރާމަ މުޒާހަރާތައް ފަށާނެ ކަމެވެ. މަގުމައްޗަށާއި ރައީސް އޮފީސް ދޮށަށް އެއްވާނެ ކަމަށްވެސް ޕީއެންއެފުން ބުންޏެވެ.

  1. ކޮޔާ

    މިފަސްއހަރު ނިންމާލނީ ގެއިން ޖަލަށް ފައްތާލާފަ

  2. އަބްދޫ

    ތިޔަ ކިަމެއް ޔާމީނަކަށް ނުވާނެ. ޕިއޭ ހަދައިގެން 3000 ހަމަކޮށްދިނީވެސް ޑީއަެޕީ އިން ޕާޓީ ރަޖިސްތަރީކޮސްފަ އެމީހުން ޕާޓީން ވަކިވުމުން 3000 ހަމަނުވެގެން ޕާޓީ އުވާލީ .ޕީޕީއެމަށް ވެރިވެގަތް ފަހުން އައި ކައުންސިލް ރިޔާސީ މަޖިލިސް މި 3 އިންތިހާބުންވެސް ޔާމީނު ވީ ފެއިލް. ޕާޓީ ހަދަން 3000 ފޯމް ހަމަކޮސްލެވުނީ 6 މަސް ވީފަހުން . ޔާޟީނުގެ ސިޔާސީ ކެރިއަރު ތިޔަވަނީ ނިމިފަ. ޔާމީނު ވެރިކަމަުގަ ހުރި އިރު އިމަރާތް ކުރި ފްލެތްވެސް ކުރި ހުރިހާކަމެއްވެސް ހކުރީ މުއިއްޒު ގެ މަސައްކަތުން މުއިއްޒުގެމިނިސްޓަރު ކަމުގަ އެއިން ފްލެތެއް ހުރީ ކިހިނެތްތޯވެސް މިހާތަނަށް ޔާމީނު ނުދެކޭ. ހިޔާ ފްލެތް ތައް ޔާމީނަށް ފެނުނީ ވެސް ކެމްޕޭނު ޖަލްސާއަށް ދިޔައީމަ. މިފެންވަރުގެ މީހަކު ކުރާނީ ކޮންކަމެއް ތިމާގެ ޖީބަށް ދެއަތްލެވުނީމަ ހީވަނީ ތިމަވަރުގެ މީހަކުނެތްކަމަށް . އިލްމީގޮތުން ބެލިޔަސް ރާއްޖޭގަ މިހާރު ތިބީ ޔާމީނަށް ވުރެ މޮޅެތިމީހުން. ސިޔާސީގޮތުން ޔާމީނަކީ އެއްވެސް މީހެއްނޫން.