Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ލައިސެންސް ނެތި ދުއްވި ސައިކަލެއް ކާރެއްގައި ޖެހި ބޮޑު އެކްސިޑެންޓެއް

ލައިސެންސް ނެތި ދުއްވި ސައިކަލެއް ކާރެއްގައި ޖެހި ބޮޑު އެކްސިޑެންޓެއް

ރޭ, މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގީ ބޮޑުތަކުރުފާނު މަގު، ސްޓެލްކޯ ކައިރިން ހުންނަ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑު ކައިރިން ހުޅަނގު އިރަށް ބާރަށް ދުއްވާފައި ދިޔަ ސައިކަލަކާއި ކާރެއް ޖެހިގެން ކަމަށެވެ.

އެނގިފައިވާ ގޮތުން އެކަމެއް ހިނގާފައިވަނީ ރޭ ފަތިހުއެވެ.

Advertisement
Allied — Dhen Online (box)

އެކްސިޑެންޓުވީ ކާރު، ދެ ޝެޑް ދޭތެރެއިން ގޯޅިއަޅަން އުޅުމުން ސައިކަލުގައި ޖެހިގެންނެވެ.

ފުލުހުން ބުނީ ސައިކަލު ދުއްވަން އިނީ 18 އަހަރުގެ މީހެއް ކަމަށާއި އޭނާއަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށެވެ.

އެ މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. ލިބުނީ ކިހާ ސީރިޔަސް އަނިޔާތަކެއް ކަމެއް އެނގިފައެއް ނުވެއެވެ.

ސައިކަލު ދުއްވީ ލައިސެންސްު ނެތް މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް