Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައީސް އެންމެ ފަހުރުވެރިވާ ސިޔާސީ ބޭފުޅަކީ އަބްދުއްރަހީމް، އެންމެ ގިނަ ވޯޓުން ހޮވަން އެދިއްޖެ

ރައީސް  އެންމެ ފަހުރުވެރިވާ ސިޔާސީ ބޭފުޅަކީ އަބްދުއްރަހީމް، އެންމެ ގިނަ ވޯޓުން ހޮވަން އެދިއްޖެ
އެމަނިކުފާނު އެންމެ ބޮޑަށް ފަހުރުވެރިވާ ސިޔާސީ ބޭފުޅަކީ އަބްދުއްރަހީމް އަބްދުﷲ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލ. ފޮނަދޫ ދާއިރާއަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުއްރަހީމް އަކީ ރައީސްގެ އެޑްވައިޒަރުވެސްމެއެވެ. އަބްދުއްރަހީމްގެ ކެމްޕޭނު ބައްދަލުވުމުގައި ރައީސް ވިދާޅުވީ މަޖިލީހުގެ މެންބަރެއްގެ ކިބާގައި ހުންނަން ޖެހޭ ސިފަތަކާއި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ސިފަތައް ހުންނެވި އެއް ކެންޑިޑެޓަކީ އަބްދުއްރަހީމް ކަމަށެވެ. ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެ މަނިކުފާނުގެ 100 ޕަސެންޓް ތާއިދުއޮތް ކެންޑިޑޭޓަކީ މީގެ ކުރިންވެސް އެ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައިވާ އަބްދުއްރަހީމްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދާއިރާއަށް ބޭނުންވާ ތަރައްގީ ހޯދޭނީ އަބްދުއްރަހީމް އިންތިހާބުކޮށްގެން ކަމަށެވެ. ރައީސްގެ އުއްމީދަކީ ފޮނަދޫ ދާއިރާއިން ފުރިހަމަ އަގުލަބިއްޔަތަކުން އަބްދުއްރަހީމް އިންތިހާބުކޮށް ދިނުމެވެ.
އެންމެ މަތީ އިންސައްތައިން މަޖިލީހަށް ހޮވާ މެންބަރަކަށް އަބްދުއްރަހީމް ހެއްދުވުމަކީ އަޅުގަނޑު ވަރަށް އުފާކުރާނެ ކަމެއް
ރައީސް ވިދާޅުވި ގޮތުގައި ސިޔާސީ މަސައްކަތުގައި ކުރިމަތިވެވަޑައިގެންނެވި ހުރިހާ ކަމެއްގައި އެންމެ ބޮޑު އެހީތެރިކަމެއް ދެއްވީ އަބްދުއްރަހީމް ކަމަށެވެ. އަދި އެންމެ ގާތުގައިވެސް ހުންނެވީ އަބްދުއްރަހީމް ކަމަށް ވިދާޅުވިއެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވިޔަސް އަދި އޭގެ ފަހުންވެސް ކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ. ''އަޅުގަނޑު އެ ބޭފުޅަކަށް އެންމެ ބޮޑަށް ފަހުރުވެރިވާ ސިޔާސީ ބޭފުޅަކީ އަބްދުއްރަހީމް، އެމަނިކުފާނު ތި ގޮނޑިއަށް ހޮވައިދިނުމަކީ ތިބޭފުޅުންނަށް އަޅުގަނޑަށް ކޮށްދެވޭ ކަމަކަށްވާނެ'' ރައީސް މުއިއްޒު ވިދާޅުވިއެވެ. މަޖިލީސް އިންތިހާބު އޮންނަ ދުވަސް ގާތްވެފައިވާއިރު ރައީސް އެދިވަޑައިގެންނެވީ ކެމްޕޭނު މަސައްކަތް އިތުރު ހަރުފަތަކަށް ގެންގޮސް ދިނުމަށެވެ. ރައްޔިތުންގެ އުއްމީދުތައް ހާސިލުކުރުމަށްޓަކައި ސަރުކާރުގެ ކެންޑިޑޭޓުން އިންތިހާބު ކުރުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް