ޕާޓީ ކުރަނިކޮށް ގަމުން 6 ފިރިހެނުންނާއި އަންހެނަކު ހައްޔަރުކޮށްފި

ލ. ގަމުގައި މަސްތުވާތަކެތި ބޭނުންކޮށް, ޕާޓީ ކުރަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ 6 ފިރިހެނުންނާއި އަންހެނެކެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު 1 ޖަހާކަންހާއިރު, ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
އެމީހުން ހައްޔަރު ކުރިއިރު, އެ މީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޕެކެޓުތަކަކާއި ބަނގުރާ ކަމަށް ޝައްކު ކުރެވޭ ފުޅިތަކެއް ވަނީ ފެނިފައެވެ.
އެ މީހުން ހައްޔަރުކޮށްފައިވަނީ ގަމުގައި ހުންނަ ސީޝާ ބުއިމަށް މީހުން އާއްމުކޮށް ގޮސްއުޅޭ ކެފޭއެއްގެ ތެރެއިންނެވެ
ޝައްކަކުން އަރައިނުގަނޭ ދޮހާކުވެސް