Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އައްޑޫގައި މާރާމާރީއެއް ހިނގައި އެކަކަށް ފަރުވާ ދެނީ

އައްޑޫގައި މާރާމާރީއެއް ހިނގައި އެކަކަށް ފަރުވާ ދެނީ
އައްޑޫ ސިޓީގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ އައްޑޫ ސިޓީ ހުޅުމީދޫގައި މާރާމާރީ ހިންގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ ރޭ 20:30ހާއިރު ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވީ 21 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް