Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކަނޑަށް ކުނި އުކާލަދޭނެ ބަޔަކު ހޯދަން ކުޑަހުވަދޫ ކައުންސިލުން ކުރި އިއުލާން ބާތިލްކޮށްފި

ކަނޑަށް ކުނި އުކާލަދޭނެ ބަޔަކު ހޯދަން ކުޑަހުވަދޫ ކައުންސިލުން ކުރި އިއުލާން ބާތިލްކޮށްފި

ދ. ކުޑަހުވަދޫ ވޭސްޓް މެނޭޖަމަންޓް ސެންޓަރަށް ގެންދާ ކުނިވާ ޒާތުގެ ތަކެތި ކުނި ކަނޑަށް އުކާލައިދޭނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން ކުރި އިއުލާން ބާތިލުކޮށްފިއެވެ.

ކަނޑަށް ކުނި އުކާލަދޭނެ ބަަޔަކު ހޯދަން ބިޑު ހުށަހަޅަން ކުޑަހުވަދޫ ކައުންސިލުން ސަރުކާރުގެ <a href="https://www.gazette.gov.mv/iulaan/285037">ގެޒެޓްގައި</a> އިއުލާންކުރީ އިއްޔެ ރޭ 11 ޖެހިހާއިރުއެވެ.

ނަމަވެސް މިހާރު ގެޒެޓުން ދައްކާ ގޮތުން އެ އިއުލާން ވަނީ ބާތިލުކޮށްފައެވެ.

Advertisement
Ooredoo — Truecaller (box)

''މި އިއުލާންވަނީ <span class="retracted-time">13 އޭޕްރިލް 2024 13:39</span> ގައި ބާތިލް ކުރެވިފައެވެ'' ގެޒެޓްގައި ކުރިން ކޮށްފައިވާ އިއުލާނުގައި ކައުންސިލުން ބުންޏެވެ.

ކުނި މެނޭޖްކުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން ކުނި އެޅުމަށް ހާއްސަކޮށްފައިވާ ތަނަކަށް ނުވަތަ އެއްޗަކަށް މެނުވީ އެއްވެސް ފަރާތަކުން ކުނި އެޅުމަކީ މަނާކަމެކެވެ.

އެ ގާނޫނުގެ 61 ވަނަ މާއްދާގައި އެ ގަވާއިދަ ހިލާފުވެއްޖެނަމަ އަޅާނެ ފިޔަވަޅުތައް ބަޔާންކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް