ޚަބަރު އިޖުތިމާޢީ

ހުޅުމާލޭގައި މިސްކިތް އިމާރާތް ކުރަން ދެ ބިން ހަވާލުކޮށްފި

ފައިނާ ފާއިޒް ، ދެން އޮންލައިން
ހުޅުމާލޭގައި މިސްކިތް އެޅުމަށް ބޭނުންވާ ބިން ހަވާލުކުރުމުގެ ތެރެއިން

ހުޅުމާލޭ ފޭސް ދޭއް އަދި ފޭސް ތިނެއްގައި މިސްކިތް އިމާރާތް ކުރަން ދެ ބިން މިއަދު ހަވާލުކޮށްފިއެވެ.

މިސްކިތް ބިނާކުރުމަށް ބޭނުންވާ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

މިސްކިތް ބިނާކުރުމަށް ހުޅުމާލޭ ދެ ވަނަ ފިޔަވަހިން 27،920 އަކަފޫޓުގެ ބިން ދޫކޮށްފައިވާއިރު، ފޭސް ތިނަކުން ދޫކޮށްފައިވަނީ 21،952 އަކަފޫޓޫގެ ބިމެކެވެ.

ހުޅުމާލޭގައި ދިރިއުޅޭ އާބާދީއަށް ބޭނުންވާ ހިދުމަތްތަކާއި ވަސީލަތްތައް ފުރިހަމަކޮށްދިނުމުގެ ގޮތުން އެޗްޑީސީން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ނިމިދިޔަ ރަމަޟާން މަހާއި ގުޅިގެން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ދާއިމީ މިސްކިތެއް ހުޅުވާފައިއެވެ.

ހަމަ އެއާ އެކު އެޗްޑީސީއިން ވަނީ ފޭސް ދެއެއް ގައި އޮންނަ ހުސްބިމެއްގައި ވަގުތީ މިސްކިތެއް ހުޅުވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!