ޚަބަރު

ރިޝްވަތު ހިފުމުގެ ކުށުގައި ޔާމީނަށް އިއްވި ހަތަރު އަހަރުގެ ހުކުމް ބާތިލުކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް އިއްވާފައިވާ ހަތަރު އަހަރުގެ ޖަލު ހުކުމް ކްރިމިނަލް ކޯޓުން ބާތިލްކޮށްފިއެވެ.

މި ވަގުތު ގޭބަންދުގައި ހުންނެވި ޔާމީން މިނިވަންވީ އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ ތެރެއިން ހަތަރު އަހަރުގެ ޖަލު ހުކުމްގެ ބައި ހައިކޯޓުގެ ތިން ފަނޑިޔާރުން އިއްތިފާގުން ދާދި ދެންމެ އެކު ބާތިލުކުރުމުންނެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ހައި ކޯޓުން ހުކުމް ވަނީ ކްރިމިނަލް އެ މައްސަލާގައި ކްރިމިނަލް ކޯޓުން ގޯސްތަކެއް ހަދާފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ވަނީ އަންގާފައެވެ.

ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންނަނީ، ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމިނަށް އިއްވި ޖަލު ހުކުމާ ގުޅޭގޮތުން ވެސް ހައި ކޯޓުން މިރޭ ގޮތެއް ނިންމާނެ އެވެ.

ނޯޓު: މި ހަބަރުގައި ރައީސް ޔާމީން މިނިވަންވި ކަމަށް ލިޔެވިފައިވަނީ މައުލޫމާތުގެ ކުށަކުންނެވެ. މިހާތަނަށް ނިމުން ރިޝްވަތުގެ ހުކުމުގެ ބަޔެކެވެ. އެކަމަށްޓަކައި ނިހާޔަތަށް މާފަށް އެދެން.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!