Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ދިވެހިން އެމްޑީޕީ މަތިން ފޫހިވީ ނަތީޖާ ނުނެރެވި, ތަފާތު ނުދެއްކުނީމަ: ޒައިދު

ދިވެހިން އެމްޑީޕީ މަތިން ފޫހިވީ ނަތީޖާ ނުނެރެވި, ތަފާތު ނުދެއްކުނީމަ: ޒައިދު

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އޮތް އެމްޑީޕީ މަތިން ރައްޔިތުން ފޫހިވީ ނަތީޖާ ނުނެރެވި, ތަފާތު ނުދެއްކުމުން ކަމަށް ދީނީ ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެެވެ.

އިއްޔެ ބޭއްވި އިންތިހާބުން ލިބުނު ނަތީޖާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒައިދު ވިދާޅުވީ ދިވެހިން ⁦އެމްޑީޕީ މަތިން ފޫހިވީ، ދީނީ ކަންކަމުގައި  އެޕާޓީއަށް ނިސްބަތްވާ ބައެއްމީހުންގެ ވިޔާނުދާ ފިކުރުތަކާއި ޢަމަލުތައް، އަދި ތަރައްޤީ ބާބުގައި ނަތީޖާ ނުނެރެވި ތަފާތު ނުދެއްކުމުން ކަމަށެވެ.

އެއާ ޚިލާފަށް ރައީސް ⁦ޑރ. މުޙައްމަދު މުޢިއްޒު ދަނީ ބްރިޖާއި، ފޭސް ދެއް ފަދަ ބޮޑެތި ކަންކަމުގައި ތަފާތު ދައްކައި ބަހާ ޢަމަލް ދިމާކުރައްވަމުން ކަމަށާއި އެމަނިކުފާނަކީ ވަރަށް މަސައްކަތް ކުރާނެ ހީވާގި ބޭފުޅެއްކަމަށް ކަަމަށް ޒައިދު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/alizaid1000/status/1782276512877810106?s=61&t=7V8KR_BxdzWNpl_nU39GQg

އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި 93 ގޮނޑީގެ ތެރެއިން 70 ގޮނޑި ކާމިޔާބުކޮށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ 20 ވަނަ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ކާމިޔާބުކޮށްފައެވެ.

އެމްޑީޕީއަށް، ވަގުތީ ނަތީޖާ ދައްކާގޮތުން ކާމިޔާބު ކުރެވިފައިވަނީ އެންމެ 12 ގޮނޑިއެވެ. އަދި އެ ޕާޓީގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި ހަތަރު ބޭފުޅަކު މި އިންތިޚާބުގައި ވާދަކުރެއްވިއިރު އޭގެ ތެރެއިން އެއްވެސް ބޭފުޅަކަށް އިންތިޚާބު ކާމިޔާބުނުކުރެވުނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް