ޚަބަރު

ނަޒޫގެ ނާކާމިޔާބީ: ކޮއްކޮއާ ދެކޮޅަށް ފައިސަލް އެންޓި ކެމްޕޭނުކުރި ކަމުގެ ތުހުމަތު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފުވައްމުލަކު ދެކުނު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރި ނަޒުރާ ނަސީމް (ނަޒޫ) އާ ދެކޮޅަށް އޭނާގެ ބޭބެ އަދި ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް އެންޓި ކެމްޕޭނު ކުރި ކަމުގެ ތުހުމަތުތަކެއް ކޮށްފިއެވެ.

Ads by Sosun Fihaara

ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ ޕީއެންސީ/ޕީޕީއެމް ޓިކެޓުގައި ވާދަކުރި އިބްރާހިމް ހުސެއިން (އިއްބެ) އެވެ. އިއްބެއަށް 1142 ވޯޓު ލިބުނުއިރު ނަޒޫ އަށް ލިބުނީ 1094 ވޯޓެވެ. ދެ ކެންޑިޑޭޓުންގެ ދެމެދު އުޅެނީ 48 ވޯޓުގެ ފަރަގެވެ.

ނަޒޫގެ ފިރިމީހާ އަދި ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް، ފައިސަލް އަށް ތުހުމަތުކޮށް ''އެމްޑީޕީ2024'' ގެ ގްރޫޕެއްގައި ދިގު މެެސެޖެއް ލިޔެފައެވެ. އެ މެސެޖުގައި މަހުލޫފް ވިދާޅުވީ ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލުވާލީ ސީދާ ފައިސަލް ކަމަށެވެ.

'' ފުވައްމުލަކު ދެކުނު ދާއިރާގެ ޓީމްގެ ފަރާތުން މި މައްސަލަ ޕާޓީ (އެމްޑީޕީ) އަށް ހުށަހަޅާނަން. އާއިލާ އަދި ދާއިރާގެ އެތައް ބަޔަަކަށް ގުޅައި، ދިޔައީ ނަޒޫއާ ދެކޮޅަށް މަސައްކަތްކުރަމުން. މިކަން ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންނަށް އަދި ނަޒޫގެ މައިންބަފައިންނާ އާއިލާއަށްވެސް އެނގޭ. މިކަމުން އަޅުގަނޑުމެން މިތިބީ ދޫދޭ ގޮތަކަށް ނޫން'' މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ ގޮތުގައި އެ މައްސަލަ ފެށުނީ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިން މޭޓަކަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާއަށް މެންބަރު މުހައްމަދު އަސްލަމް ހަމަޖެއްސި ހިސާބުން ކަމަށެވެ.

އަދިވެސް އިތުރު ސަބަބެއް ހިމެނޭ ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ. އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ.

މަހުލޫފް މިހެން ވިދާޅުވެފައިވާއިރު، ނަޒޫގެ ބޭބެ އަދި ފައިސަލްގެ ކޮއްކޮ ހައިދަރު ނަސީމް ވަނީ ފޭސްބުކްގައި އެ ވާހަކަ ދޮގުކޮށްފައެވެ.

''ބޭބެ (ފައިސަލް) އާ ގުޅުވައި ސޯޝަލް މީޑިއާގައި ބަދުބަސް ބުނެ އަބުރަށް ހުތުރުވާ ގޮތަށް ވާހަކަ ފެތުރުމަކީ އެހާ ބަލައިގަންނަ ކަމެއް ނޫން'' ހައިދު ބުންޏެވެ.

Ads by Ooredoo
  1. ވަކިކުރޭ

    ފައިސަލް އެއީ ނަގޫކެނޑިއެކޭ ފައިސަލް އެމްޑީޕީން ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ