ޚަބަރު

ސަރުކާރުގެ ތާއިދާ އެކު ހޮވުނު ހަ މެންބަރުން ޕީއެންސީއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ތާއިދާއެކު މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ހަ މެންބަރަކު ޕީއެންސީ އަށް ސޮއިކޮށްފިއެވެ.

Ads by Hajj Corporation

އެ މެމްބަރުންނަކީ

  • ޔާސީން އަބްދުﷲ (ނައިފަރު ދާއިރާ)
  • އަހްމަދު ޒަމީރު (މައްޗަންގޮޅި މެދު ދާއިރާ)
  • އަހުމަދު ރިޔާޒް (ތިމަރަފުށި ދާއިރާ)
  • ހަސަން ޒަރީރު (މަތިވެރި ދާއިރާ)
  • ޢާޒިމް ޢަބްދުލް އަޒީޒް  (ވިލިނގިލި ދާއިރާ) / މި ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ޔަޒްމީދު މުހައްމަދު ވާދަކުރެއްވިއެވެ. ނަމަވެސް އޭނާ އަށް ވަނީ އިންތިހާބު ނާކާމިޔާބުވެފައެވެ.
  • ޑރ. އަނާރާ ނައިމް (ހުރާ ދާއިރާ)

މި މެންބަރުންގެ ތެރެއިން ޒަރީރު 19 ވަނަ މަޖިލީހަށް އިންތިހާބުވި އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައެވެ. އެކަމަކު ފަހުން އޭނާ ވަނީ ޕީއެންސީއަށް ސޮއިކޮށްފައެވެ.

ޕީއެންސީ/ޕީޕީއެމް ޓިކެޓުގައި މަޖީލިސް އިންތިހާބު ކާމިޔާބު ކުރީ 66 ކެންޑިޑޭޓުންނެވެ.

 ޖުމްހޫރީ ޕާޓީގެ ލީޑާރު ގާސިމް އިބްރާހިމް އާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވާދަކުރި ދާއިރާތަކަށް ޕީއެންސީން ވާދައެއް ނުކުރެއެވެ. ސަރުކާރުން ތާއިދުކުރީ މި ތިން ސިޔާސީ ލީޑަރުންނަށެވެ. ވެލިދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ކެންޑިޑޭޓަކު ވާދަކުރި ނަމަވެސް އެމްޑީއޭގެ ޓިކެޓުގައި އިންތިހާބުވި މުހައްމަދު އައްބާސް އަށް ސަރުކާރުން ތާއިދުއޮތެވެ.

ރޭ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގައި ޖުމްލަ 80 މެންބަރަކު ސަރުކާރާއެކު މަސައްކަތްކުރާނެ ކަމަށެވެ.

''އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ 80 މައްޗަށް އަޅުގަނޑުމެންގެ އަދަދު ހިނގައިދާނެ'' ފޮނަދޫ ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވި ފަދައިން 80 މެންބަރުން ސަރުކާރާއެކު ތިބޭނެނަމަ މަޖިލީހުގައި ސަރުކާރާ ދެކޮޅަށް ތިބޭނީ ވާދަވެރި އެމްޑީޕީގެ 12 މެންބަރުންގެ އިތުރަށް އަމިއްލަ އެންމެ މެންބަރެކެވެ.

  1. ހަސަން

    ދޮގު ޙަބަރު ނުޖަހާ ވިލިނގިލި ދާއިރާ ގޮނޑި ކާމިޔާބް ކުރީ ސަރުކާރާއި ދެކޮޅަށް، އަމިއްލަ ގޮތުން ވާދަކުރި އާޒިމް ސަރުކާރުން ތާއިދު ކުރީ ޔަޒުމީދު މުހައްމަދު އަށް

  2. އިސްތިއުފާ

    ތިޔާއީ ސީދާ އެންޓިޑިފެކްޝަންގެ ގާނޫނު މުގުރާލީއޭ އިލެކްޝަންސް ކަމިޝަންގެ ހަބީބު އެއީ ކާކުތޭ އޭނާ އެއީ ކޯޓްތޭ އޭނާ އަށް ސަރުކާރުން ސުޕާރީ ދިނުމުން ސަރުކާރުން ބުނާ ގޮތަކަށް އޭނާ ޓްވީޓް ކުރުމުން އެއީ ތެދު ކަމަށް ރައްޔިތުންނަށް ދައްކާފައި އެންޓިޑިފެކްޝަން ގާނޫނުގެ މަގްސަދާއި ޚިލާފަށް މުއިއްޒު ކުރާ ކަމެކޭ ތިޔާއީ ތިޔާ ސޮއިކުރި ހުރިހާ މެމްބަރުން ޖެހޭނީ އިސްތިއުފާދޭށޭ އިސްތިއުފާ މުއިއްޒު ވެސް އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

  3. ވަގުންނޭ

    އަަދުރޭ އެއީ ނުކިޔަވާ ހުރި ބޮޑުވަގެކޭ އޭނާ ޖަހާ ހިސާބު ނުހުންނާނެއޭ އޭނާ މިފަހަރު މަޖްލީސް އިންތިޚާބު ވަގަށް ނެގީ އެއީ ދައުލަތުގެ ޚަޒާނާގައި ހުރި ފައިސާ ވަގަށް ނަގައިގެން އެއިން ޚަރަދުކޮށްގެންނޭ އޭސީސީ މެމްބަރުން ކޮބާތޭ ތަމެން އަމައޭ ކިޔާ ބަލަ ފްލެޓްސް ތަކޭ ކިޔަައިގެން ދައުލަތުގެ ޚަޒާނާއިން އަދުރޭ އާއި މުއިއްޒު ބޮޑެތި ދެ ވަގުން ވައްކަންކޮށްގެން ރާއްޖޭގެ ރައްޔިތުން ކަރަށް ވަގުފައިސާ އަޅައިގެން މަޖްލީސް ނަގައިގެން ރާއްޖޭގެ ރައްޔިތުން ފެލަން ވެގެން އެމެން ޓެކްސް ނަގަން ތައްޔާރުވާއިރު ތަމެން މިދެ ވަގުން ކުރާ ވައްކަންތައް ނުބަލާ ތިޔާ ތިބެނީ ތަމެން އަމާ ހަނދާންވެގެންތޭ އޭސީސީ ވަގުންނޭ ތަމެން އަމާ ހަނދާންކުރެވިގެންތޭ މިކަން ނުބަލައިގެން ތިޔާއުޅެނީ އޭސީސީ ވަގުންނޭ ތަމެން އަމާ ހަނދާންކުރެވިގެންތޭ މިކަން ނުބަލައިގެން ތިޔާއުޅެނީ އޭސީސީ ވަގުންނޭ ތަމެން އަމާ ހަނދާންކުރެވިގެންތޭ މިކަން ނުބަލައިގެން ތިޔާއުޅެނީ އޭސީސީ ވަގުންނޭ ތަމެން އަމާ ހަނދާންކުރެވިގެންތޭ މިކަން ނުބަލައިގެން ތިޔާއުޅެނީ އޭސީސީ ވަގުންނޭ ތަމެން އަމާ ހަނދާންކުރެވިގެންތޭ މިކަން ނުބަލައިގެން ތިޔާއުޅެނީ އޭސީސީ ވަގުންނޭ ތަމެން އަމާ ހަނދާންކުރެވިގެންތޭ މިކަން ނުބަލައިގެން ތިޔާއުޅެނީ އޭސީސީ ވަގުންނޭ ތަމެން އަމާ ހަނދާންކުރެވިގެންތޭ މިކަން ނުބަލައިގެން ތިޔާއުޅެނީ އޭސީސީ ވަގުންނޭ ތަމެން އަމާ ހަނދާންކުރެވިގެންތޭ މިކަން ނުބަލައިގެން ތިޔާއުޅެނީ އޭސީސީ ވަގުންނޭ ތަމެން އަމާ ހަނދާންކުރެވިގެންތޭ މިކަން ނުބަލައިގެން ތިޔާއުޅެނީ

  4. އެލެކޮސް

    މިފަހަރު ހުރިހާ މެމްބަރުން ކޮންގްރެސް ޕާޓީއަށް ސޮައިކޮށްލަާ 93 މެެމްބަރުން އެކުގައި އެ ޕާޓީގައި ތިބީމާ ޑިމޮކްރެސީ ފުރިހަމަވީ. އަނެއްކާ ރައީސް ޑަކްޓަރު ނުލާހިކު ހެޔޮފުޅުވާނެ ރަނގަޅަށް ހަދިޔާ ބަދިޔާ ދެއްވާނެ!