ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމުން ތިން ރައީސުންގެ ތައުޒިޔާ

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބައްޕާފުޅު ދަރަވަންދޫގޭ މޫސާ ޖަމީލް އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ މުހައްމަދު މުއިއްޒު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް، ޝާހިދުގެ ބައްޕާފުޅު އަވަހާރަވީ މިއަދުގެ ވަގުތެއްގައެވެ.
ރައީސް މުއިއްޒު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝާހިދުގެ ބައްޕާފުޅު އަވަހާރަވި އަޑު އެއްސެވީ ފުން ހިތާމައާއެކު ގައި ކަމަށެވެ.
https://twitter.com/MMuizzu/status/1782984130172719481
ޝާހިދުގެ އާއިލާއަށް ތައުޒިޔާ ފޮނުއްވަމުން މިދިޔަ ފަސް އަހަރު ވެރިކަން ކުރެއްވި ސޯލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޫސާ ޖަމީލަކީ އެތައް ރޮނގަކުން، ހާއްސަކޮށް ދީނީ އިލްމާއި ދިވެހިބަސް ދަރިވަރުންނަށް އުނގަންނަވައި ދެއްވުމުގައި ގައުމަށް އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.
https://twitter.com/ibusolih/status/1782996527981769000
ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރެއްވި ގޮތުގައި މޫސާ ޖަމީލަކީ ރާއްޖޭގެ ވަރުގަދަ އުސްތާދެކެވެ.
https://twitter.com/MohamedNasheed/status/1783049210092208548
މީގެ އިތުުރުން ވެރިކަންކުރާ ޕީއެންސީ/ޕީޕީއެމް ވެސް ވަނީ ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމާއި ގުޅިގެން ތައުޒިޔާ ފޮނުވާފައެވެ.
https://twitter.com/ProgressPartyMV/status/1783008255117230166
މޫސާ ޖަމީލުގެ ކަށުނަމާދު އޮންނަނީ މިއަދު އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.






ކޮމެންޓް