ޚަބަރު

ހުވާ ކުރަންދެން ޕާޓީ ބަދަލު ކުރެވޭނެ, ޕީއެންސީއާ ގުޅުނު ހަ ބޭފުޅުންގެ ޝަރުތު އުންޏެއް ނުވޭ: ހަބީބް

ރައުފާ ރަޝީދު ، ދެން އޮންލައިން

އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ޕީއެންސީން ވަކިވުމަށް ފަހު، އަލުން މިއަދު އެ ޕާޓީއާ ގުޅިވަޑައިގެންނެވި ކެންޑިޑޭޓުންގެ ގާނޫނުއަސާސީގައި ބުނާ ޝަރުތު އުނި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ހަބީބް މިފަދައިން ވިދާޅުވީ އްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވި އިތުރު ހަ ކެންޑިޑޭޓަކު ސަރުކާރު ހިންގާ ޕީއެންސީއާ ގުޅިވަޑައިގަތުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބުވެ ޕީއެންސީއާ ގުޅުނު ހަ މެންބަރުންގެ އެއްވެސް ޝަރުތެއް އުންޏެއް ނުވާކަމަށެވެ. އަދި އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ފާސް ކުރި އެންޓި ޑިފެކްޝަން ގާނޫނާވެސް ހިލާފު ނުވާކަމަށާއި އެންޓި ޑިފެކްޝަން ގާނޫނުގެ 3 ވަނަ މާއްދާގައި ބުނާ ފަދައިން 20 ވަނަ މަޖިލީހުގެ ދައުރު އަދި ނުފެށޭތީ އިންތިހާބުވެފައިވާ ކޮންމެ މެންބަރަކަށްވެސް މެއި 28، 2024 ގެ ކުރިން އެ ބޭފުޅަކު ބޭނުންވާ ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ފުރުސަތު އެބަ އޮތް ކަމަށް ހަބީބް ވިދާޅުވިއެވެ.

ޕީއެންސީއަށް އެ ހަ ބޭފުޅުން ސޮއިކުރެއްވީ މުލިއާ ގޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ޕާޓީއާ ގުޅުނު ހަ މެމްބަރުންނަކީ ހުރާ ދާއިރާއިން އިންތިހާބުވި ޑރ. އަނާރާ ނައީމް, މަތިވެރި ދާއިރާ އިން އިންތިހާބުވި ހަސަން ޒަރީރު, މައްޗަންގޮޅި މެދު ދާއިރާ އިން އިންތިހާބުވި އަހްމަދު ޒަމީރު, ތިމަރަފުށި ދާއިރާ އިން އިންތިހާބުވު އަހުމަދު ރިޔާޒް, ނައިފަރު ދާއިރާއިން އިންތިހާބުވި ޔާސީން އަބްދުﷲ އަދި ވިލިނގިލި ދާއިރާ އިން އިންތިހާބުވި އާޒިމް އަބްދުލް އަޒީޒްއެވެ.

އަލަށް ސޮއިކުރި މެންބަރުންނާއެކު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީއަށް އެކަނިވެސް މިހާރު 72 ގޮނޑި ލިބެއެވެ.

 

  1. ނެތީމޭ

    ހަބީބު މީ މިހާރު އިލެކްޝަންސް ކަމިޝަންގެ މެމްބަރެއް ވެސް ނޫން އަދި ސްޕްރީމް ކޯޓެއް ވެސް ނޫންދޯ ދެން އޭނާ ކޮންމެހެން އެންޓި ޑިފެކްޝަން ގާނޫނުގެ ތެރެއަށް ބޭނިގަނެގެން މިއުޅެނީ އޭނާ އަށް ކިހާވަރެއް ސަރުކާރުންދޭތީތޭ މަމެން އޭނާ ގާތު އަހާލަން ބޭނުންވެއޭ ބުނަން މަމެން ނެތީމޭ ނެތީމޭ ނެތީމޭ…

  2. ނުވާނެއޭ

    މާލެ ސަރަހައްދުގައި ފްލޯޓިންގް ސޯލަރ އިންޖީނުގެ ނެހެދޭނެއޭ އެއީ ވާނެ ކަމެއް ނޫނޭ ތިޔާ ކަމަށް ނަގަން އުޅެނީ ގާފަރު ފަޅު ކަން ވެސް މަމެންނަށް ވަނީ އެނގިފައޭ އެފަޅަކީ އެއީ މާލެ ސަރަހައްދުގައި އޮތް އެންމެ ބޮޑު ފަޅު އެފަޅު ދޭންވީ ޗައިނާ އަށް ޗައިނީސް އިންޑަސްޓްރިއަލް ޕާރކް އެއާރޕޯރޓަކާއި އަދި ސީޕޯރޓަކާއި އެކު ހަދާ އެތަނަކީ ލިޓިލް ޗައިނާ ކަމަށް ހަދާ އެތަނާއި މާލެ އާއި ދެމެދު ބްރިޖް ފީންނެއް އަޅާ ގުޅުވާލާ ރާއްޖެތެރޭ ފަޅުކޮށްލަންވީއޭ އެއިރުން ބަޖެޓް އަރަނިވާނެއޭ ރާއްޖެތެރޭން މީހުން ބާލައިގެން ނޫން ގޮތަށް ރާއްޖޭގެ ބަޖެޓް އަރަނިނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ

  3. ޕާޓް

    އަމިއްލަ ގިތުންވެސް ހޮވަނީ ސަބަބަކައްޓަކާ. ފެންނުހިކެނީސް ސޮއިކުރަނީ.ދެރަ ކަމެއް. ގޮނޑި ގެއްލެންވާނެ. ހަމަހަމަ ގާނޫނެއް ހަދާބަލަ