ޚަބަރު

ޕީއެންއެފް ރަޖިސްޓްރީކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން
ޕީއެންއެފް އުފެއްދުމަށް ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ޖަލްސާ/ ފޮޓޯ: ދެން

ރިޔާސީ އިންތިހާބު ތެރޭގައި ޕީޕީއެމް/ޕީއެންސީއާ މައްސަލަ ޖެހި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެެފް) ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަންގައި މިއަދު ރަޖިސްޓްރީކޮށްފިއެވެ.

Ads by Sosun Fihaara

ޕާޓީ ރަޖިސްޓްރީގެ ލިޔުމުގެ ކޮޕީއެއް 'އެކްސް' ގައި ހިއްސާކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ޕީއެންއެފް ހިމަނާފައިވާކަން އެ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ވަނީ ޔަގީންކޮށްދީފައެވެ.

ޕީއެންއެފް ރަޖިސްޓްރީ ކުރަން ހުށަހެޅީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.

ޕީއެންއެފްގެ ވަގުތީ ރައީސް އަކީ ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީންއެވެ.

އެ ޕާޓީގެ ދާއިމީ ސެނެޓެއް އިންތިހާބު ކުރެވެންދެން، ވަގުތީ ސެނެޓަށް ވަނީ ޔާމީން ހިމެނޭހެން 20 މީހުން އައްޔަން ކޮށްފައެވެ.
ސެނެޓަރުން:
1.އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް
2. ޒޭން އަބްދުﷲ
3. މުހައްމަދު މަލީހް ޖަމާލް
4. މުހައްމަދު ޝަވީދު
5. ޑރ. އަބްދުﷲ އިބްރާހީމް
6. ޑރ. މުހައްމަދު ޖަމީލް އަހުމަދު
7. ޑރ. ޖިހާދު ހަސަން
8. ހުސެއިން ވަހީދު
9. އަހުމަދު މުސްތަފާ މުހައްމަދު
10. އަހްމަދު ފަޔާޒް
11. އަލީ ޝިޔާން ނާޝިދު
12. އަބްދުﷲ ހުސެއިން
13. އަދުލީ އިސްމާއިލް
14. އަނީސާ ސައީދު
15. އައިޝަތު ހަފީޒު
16. ފާތިމަތު ރަހުމާ
17. އައިމިނަތު ސައީދާ
18. އަބްދު ﷲ ޝަހީލު ޖަލީލު
19. މުހައްމަދު އަބްދުލް ލަތީފް
20. އަބްދު ﷲ އަހުމަދު (ވޭމޫ)

ޕީއެންއެފްއާއެކު އީސީގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީވެފައި އެބައޮތެވެ. އެންމެ މެންބަރުން ގިނައީ މިހާރު އިިދިކޮޅުގައި އޮތް އެމްޑީޕީގައެވެ. އެ ޕާޓީގެ ދަފްތަރުގައި 51،919 މެންބަރުން ރަޖިސްޓްރީވެފައިވާއިރު ޕީއެންސީގައި ހިމެނޭ މެންބަރުންގެ އަދަދަކީ 29236 އެވެ. ޕީޕީއެމްގައި ތިބި މެންބަރުންގެ އަދަދަކީ 35،987 އެވެ.

އެންމެ މަދު މެންބަރުންނާއެެކު ލިސްޓުގެ ފުލުގައި އޮތީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އެވެ. އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 2410 އެވެ.

Ads by Ooredoo
  1. ކޮބާ އެމްޕީންގެ މަޖިލިސް ގޮނޑި ކިތަށް ގޮނޑި ނެގުނު ބާ؟