ޚަބަރު

މުސްތޮގެ ދާއިރާ އޮފީހަށް ވަޒީފާ އަދާކުރަން ހުޅުވާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ކާމިޔާބީ ފާހަގަކުރަން މުސްތޮ ބޭއްވި ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ:ދެން

އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާފަންނު ހުޅަނގު ދާއިރާއަށް އިންތިހާބުވި މުސްތަފާ އިބްރާހިމް (އިމްނާ މުސްތޮ) ދާއިރާގައި އޮފީހެއް ހުޅުވައި، ވަޒީފާ އަދާކުރަން ބޭނުންވާ ދާއިރާގެ ރައްޔިތުންނަށް އެ ފުރުސަތު މިރޭ ހުޅުވާލައިފިއެވެ.

Ads by Sosun Fihaara

ތިން ކެންޑިޑޭޓުންނާ ވާދަކޮށް ބޮޑު ތަފާތަކުން އިންތިހާބުވި މުސްތޮ އަށް ލިބުނު ކާމިޔާބީ ފާހަގަކުރަން މިރޭ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. މުސްތޮ ވިދާޅުވީ ކެމްޕޭނުގައި, ދާއިރާގެ ރައްޔިތުން އެންމެ ގިނައިން ސުވާލުކުރީ ހުވާކުރުމަށް ފަހު ބައްދަލުވާނެ ކަމާއި މެދުގައި ކަމަށެެވެ.

''މުސްތޮފާއޭ ތިމަންނަމެން ހޮވައިދިނީމަ، ދެން ތިމަންނަމެން ފެންނާނެހޭ، ތިމަންނަމެންނާ ބައްދަލުވާނެ ހެއްޔޭ ތިމަންނަމެންނާ ދިމާވާނެ ހެއްޔޭ، މި ސުވާލުނުކުރާ އެކަކާއިވެސް ދިމާނުވޭ، މިކަން އަޅުގަނޑު ފުރިހަމަ ކޮށްދޭނަން''

މާފަންނު ހުޅަނގު ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު ފަލާހުއާ ވާދަކޮށް 47.5 އިންސައްތައިން އިންތިހާބު ކާމިޔާބުކުރި މުސްތޮ އަށް، ދާއިރާގެ ރައްޔިތުންނަށް ސުވާލުކުރެވޭ ގޮތަށް 'އަސްކޮ.މުސްތޮ24.ކޮމް'' ނަމުގައި ޕޯޓަލްއެއް ވަނީ ހަދާފައެވެ. މުސްތޮއާ ގުޅޭނެ ހޮޓްލައިނެއްވެސް ގާއިމްކޮށް އެކަންވެސް އިއުލާންކޮށްފައިވެއެވެ. އެ ނަންބަރަކީ 9800888 އެވެ.

އެއަށް ފަހު މުސްތޮ ވިދާޅުވީ މެންބަރުކަމުގެ ހުވާ ކުރުމަށް ފަހު ދާއިރާގެ ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ މައުލޫމާތާއި، ރައްޔިތުންނަށް ބޭނުންވާ ކަންކަން އޮޅުން ފިލުވުމަށް އޮފީހެއް ގާއިމްކުރާނެ ކަމަށެވެ. އަދި މުސާރަ ހިނގާ ގޮތަށް ވަޒީފާގެ ފުރުސަތުވެސް އޮފީހުގައި އޮންނާނެ ކަމަށެވެ.

''އޮފީހެއް ގާއިމް ކުރެވޭނެ މުވައްޒަފުން ލައިދޭނަން، މުވައްޒަފުންނަށް ވާން ބޭނުންވާ ކަމަށްވާނަމް މިރޭ މި ހުޅުވާލަނީ'' މަޖިލީހުގައި ރައްޔިތުން ބޭނުންވާ ފަދަ އަހުލާގު ރަނގަޅު މެންބަރެއްގެ ގޮތުގައި ހުންނާނެކަމުގެ ޔަގީންކަން މުސްތޮ ވަނީ ދީފައެވެ.

މަޖިލީހަށް އަލަށް އިންތިހާބުވެވަޑައިގެންނެވި މެންބަރުން ހުވާކުރުން އޮންނާނީ އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!