Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އަހްލާގުނެތް، ކަމެއް ނުކުރާ މެމްބަރެކޭ ބުނުމުގެ ފުރުސަތެއް ނުދޭނަން: މުސްތޮ

އަހްލާގުނެތް، ކަމެއް ނުކުރާ މެމްބަރެކޭ ބުނުމުގެ ފުރުސަތެއް ނުދޭނަން: މުސްތޮ

އަހްލާގުނެތް، ކަމެއް ނުކުރާ މެމްބަރެކޭ ބުނުމުގެ ފުރުސަތު ނުދޭނެ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުންނަށް އަރުއްވާކަމަށް އެ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.

20ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރެއްވުމުގެ ގޮތުން ރޭ ކުރިއަށްދިޔަ ހަފްލާގައި ވާހަކަދައްކަވަމުން މުސްތޮ ވިދާޅުވީ އޭނާއަކީ ވިސްނުންތެރިކަމާއިއެކު އަމަލުކުރައްވާނެ މީހަކަށް ވެގެންދާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ްައަދި ރައްޔިތުން ބޭނުންވަނީ ތައުލީމީ ގާބިލު މީހުން މަޖިލީހުގައި ތިބުން ކަމަށާއި އޭނާގެ ފަރާތުން ފެނިގެންދާނީ ރައްޔިތުން ބޭނުންވި ފަދަ އަހުލާގާއި ސުލޫކީ މިންގަނޑުތައްކެއް ކަމަށެވެ.

Advertisement
Allied — Dhen Online (box)

މުސްތޮ ވިދާޅުވީ މަގުހެދުމަކީ ސަރުކާރުގެ ވެސް ވަޢުދެއް ކަމަށާއި ފްލެޓާއި ގޯތި އަދި ވަޒީފާއަށްވެސް ރައްޔިތުން އެދެމުންދާ ކަމަށެވެ. އެ ހުރިހާ ކަމެއް ކުރުމުގައި ވެސް ސަރުކާރާއެކު މަސައްކަތް ކުރައްވާނެ ކަމަށް މުސްތޮ ވިދާޅުވިއެވެ.

“ސަރުކާރާ އެކީގަ ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްކޮށްދިނުމުގަ އެންމެ ފިޔަވަޅެއް ވެސް ފަހަތަކަށް ނުޖެހޭނަން. ރައީސް ވިދާޅުވި ފަދައިން ނުނިދައި ހުރުގެން އެކަން ކުރަންވެއްޖިއްޔާ ނުނިދައި ހުރެގެން އެކަން ކުރެވޭނެ” މުސްތޮ ވިދާޅުވިއެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް