ޚަބަރު

ފައިސަލް ވިދާޅުވީ ގަމާއި ފޮނަދޫ ސިޓީއަކަށް ބަދަލުކޮށްދޭނެ ކަމަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި މިނިސްޓަރު ފައިސަލް ބައިވެރިވެވަޑައިގަންނަވަނީ

ލ. އަތޮޅު ފޮނަދު އާއި ގަން، ސިޓީގެ ދަރަޖައަށް ބަދަލުކޮށްދެއްވާނެ ކަމަށް އެ އަތޮޅު ފޮނަދޫ އަށް އުފަން، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

Ads by MWSC

މިނިސްޓަރު އެހެން ވިދާޅުވީ އާދިއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމް އަށް ލާމުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އިއްޔެ ބޭއްވި ހަރަކާތެއްގައި ވާހަކަ ދައްކަވަމުންނެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ގަމާއި ފޮނަދޫ ސިޓީއަކަށް ބަދަލުވުމަކީ ވަރަށް ބޮޑަށް ދެކެން ބޭނުންވާ ދުވަހެކެވެ.
މިނިސްޓަރު ދެއްވި ޔަގީންކަމަކީ ފޮނަދޫ އާއި ގަން، ސިޓީއަކަށް ބަދަލުކުރުމަށްޓަކައި ބޭނުންވާ ތަރައްގީގެ ހުރިހާ ކަމެއް ސަރުކާރުން ގާއިމުކޮށްދޭނެ ކަމެވެ.

ސިިޓީއަކުން ލިބޭޭނެ ހުރިހާ ހިދުމަތެއް އެ ދެ ރަށުގައިވެސް ގާއިމްވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރާއްޖޭގައި އެންމެ ފުރިހަމައަށް ތަރައްގީވެފައި އޮތް ސިޓީއަކަށް އިރާދަކުރެވިއްޔާ ގަން، ފޮނަދޫ ސިޓީ ވެގެންދާނީ ރައީސް ޑރ. މުއިއްޒުގެ މި ސަރުކާރުގައި،" ވިދާޅުވިއެވެ.

ލ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކުރުމަށްވެސް ސަރުކާރުން ގިނަ ކަންތައްތަކެއް ރާއްވަވާފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!