Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މައުމޫންގެ ދެމަފިރިން މަސްދަތުރުގައި، މައުމޫނަށް އެއީ އެންމެ ކަނޑުމަތި ސާފު ދުވަސް

މައުމޫންގެ ދެމަފިރިން މަސްދަތުރުގައި، މައުމޫނަށް އެއީ އެންމެ ކަނޑުމަތި ސާފު ދުވަސް

''މިހާ ރީތީ އުޑުމަތިސާފު ކަނޑުމަޑު ރެއެއް މީގެ ކުރިން ދުށް ހަނދާނެއް އަޅުގަނޑުނުވޭ'' ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ އެމަނިކުފާނުގެ އަނބިކަނބަލުންނާއެކު ނަންގާފައިވާ ފޮޓޯއެއް 'އެކްސް' ގައި ހިއްސާކުރެއްވުމަށް ފަހު ލިޔުއްވި ކެޕްޝަންގައި ވިދާޅުވީ މިހެނެވެ.

ފޮޓޯއިން ފެންނަނީ މައުމޫންއާ ނަސްރީނާ އިބްރާހިމް، ވަރަށް ހަމަޖެހިލައިގެން ހަނދު އަރާ ރީތީ މަންޒަރު ބަލަން ތިއްބެވި މަންޒަރެވެ. އުމުރުން 86 އަހަރުފުޅުގެ މައުމޫން ވިދާޅުވި، ރޭ މަސްދަތުރު ވަޑައިގެންނެވި ކަމަށެވެ. ހަ ގަޑިއިރު ކަނޑުމަތީގައި ހޭދަކުރެއްވި ކަމަށެވެ.

އެމަނިކުފާނުގެ ހަނދާން ގެންނެވީ މީގެ 50 އަހަރު ކުރިން އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެރޭ މޫސުން އޮތް ގޮތެވެ. އާއްމުކޮށްވެސް ސިޔާސީ ކަންކަމުގެ ވާހަކަތައްވެސް މޫސުމާއި ގުޅުވައި ވާހަކަ ދައްކަވާ މައުމޫން ވިދާޅުވީ މީގެ 50 އަހަރުކުރިން އައި އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ އަކީ ވަރަށް ވިއްސާރާ ރެއެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެރޭ މެންދަންވަންދެން ވަރަށް ގަދައަށް ގުގުރިއެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/maumoonagayoom/status/1784148510830739621

''ވަރަށް ވިއްސާރަ ރެޔަކަށެވެ. ހަވީރު 5 ޖެހިއިރު އުޑުމައްޗަށް ރީނދޫކުލައަރައި ވިދާ ގުގުރަން ފަށައިފިއެވެ. އެރޭ މެންދަންވަންދެން ގަދަގުގުރީގެ އަޑު ކަނޑައިގެން ނުދެއެވެ'' އެކްސް ގައި މައުމޫން ވިދާޅުވިއެވެ.

މައުމޫން އަކީ ޓްވީޓާގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވާ ބޭފުޅެކެވެ. ވަރަށް ގިނައިން ޓްވީޓްކޮށް އުޅުއްވައެވެ. އެމަނިކުފާނަކީ ފަލަކީ އިލްމަށްވެސް މޮޅު ބޭފުކެވެ. މޫސުމީ ކަންކަމުގައިވެސް ވަރަށް ގިނައިން ޕޯސްޓުވެސް ކުރައްވައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް