ޚަބަރު އިޖުތިމާޢީ

ޑިގްރީއެއް ހާސިލް ކުރުމަކީ ކުޑަ ކާމިޔާބީއެއް ނޫން، އަޒުމް ކަނޑައަޅަންވީ އުޖާލާ މުސްތަގުބަލަކަށް: ސާޖިދާ

ފައިނާ ފާއިޒް ، ދެން އޮންލައިން
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު

ކުރިއަށް އޮތް ޖީލުތަކަށް އުޖާލާ މުސްތަގްބަލެއް ބިނާ ކުރަން ވައުދުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެދިވަޑައިގެންފިއެވެ.

Ads by MWSC

މިއަދު ހެނދުނު ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ކުރިއަށް ދިޔަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޖަލްސާގެ ފުރަތަމަ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވަނީ ހިތްވަރާއި އޯގާތެރިކަމާއެކު މަސައްކަތްކޮށް، ކުރިއަށްއޮތް ޖީލުތަކަށް އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށް ވައުދުވެ އެކަމަށް ޢަޒުމް ކަނޑައެޅުމަށް އެދިވަޑައިގެންފައިއެވެ.

އެކަމަނާގެ ވާހަކަފުޅުގައި ވާހަކަފުޅުގައި ވަނީ، ސައިންސާއި، ޓެކްނޮލޮޖީއާއި، އިންޖިނިއަރިންގ އަދި ހިސާބު ހިމެނޭ "ސްޓެމް" ދާއިރާތަކަކީ މުޖުތަމައުގައި އާ ކަންތައްތަކާއި އުފެއްދުންތެރިކަމުގެ ބިންގާ ކަމަށް ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ ދިރިއުޅުން ބައްޓަން ކުރުމުގައި ހަރަކާތްތެރިވާ ޕްރޮފެޝަނަލުން ނިސްބަތްވަނީ ސްޓެމްގެ އެކިއެކި ފަންނުތަކަށްކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މުޖުތަމައުގައި ސްޓެމްގެ މުހިންމު ދައުރެއް އޮތް ނަމަވެސް، ދާއިރާގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމުގައި އެކަމަނާ ވިދާޅުވިއެވެ. މިގޮތުން، އަންހެނުންނާއި ފިރިހެނުންނަށްވެސް ސްޓެމްގެ ދާއިރާތަކުން މަތީ ތައުލީމު ހޯދުމާއި، މަސައްކަތުގައި ބައިވެރިވުމާއި، ކާމިޔާބީއަށް ހާސިލްވާން ހުރަސްތަކެއް ހުރިކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި، އުފެއްދުންތެރިކަމާއި، ދިމާވާ ކަންކަން ހައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށްޓަކައި "ސްޓެމް ކޮމިއުނިޓީ"އެއް އުފެއްދުމުގެ މުހިންމުކަމުގެ މައްޗަށް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

މި ދާއިރާ އަކީ މުޖުތަމައުގައި މުހިއްމު ދާއިރާއެއް އަދާކުރާ ދާއިރާއެއް ކަމުގައި ވީނަމަވެސް މިންތީގެ ހަމަހަމަކަން ގާއިމުކުރަން ދަތި ދާއިރާއެއްކަމަށް ސާޖިދާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އަންހުނުންނާއި ފިރިހެނުން އެކުގައި މި ދާއިރާގައި މަސައްކަތްކޮށް އުފެއްދުންތެރިކަމާއި އެކު، ދިމާވާ ކަންކަން ހައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށްޓަކައި "ސްޓެމް ކޮމިއުނިޓީ"އެއް އުފެއްދުމުގެ މުހިންމުކަމުގެ މައްޗަށް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

ދަރިވަރުންނާއި ބެލެނިވެރިންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޑިގްރީ ހާސިލް ކުރުމަކީ ކުޑަ ކާމިޔާބީއެއް ނޫންކަމުގައި ވިދާޅުވެ، ދަރިވަރުންގެ ބުރަ މަސައްކަތް ފާހަގަކުރައްވައި، ހުރިހާ ދަސްވެނިންނަށް ތަހުނިޔާއާއި މުބާރިކްބާދީ ވިދާޅުވިއެވެ. އަދި ހަޔާތުގެ ދެން އޮތް މައިދާނަށް ނުކުންނަވާއިރު އެންމެންގެ ތަފާތުވުންތައް ގަބޫލު ކުރެއްވުމަށާއި، އެކަކުވެސް ބާކީ ނުކުރައްވައި ވަޒީފާ އަދާކުރެއްވުމަށް އެކަމަނާ ބާރުއެޅުއްވިއެވެ.

ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅީގެ ޖަލްސާގައި ސަނަދު ޙާސިލް ކުރެއްވީ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އިން 28 ދަރިވަރުން އަދި ސްކޫލް އޮފް ނަރސިންގ އިން 94 ދަރިވަރުންނެވެ.

ޤައުމީ ޔުނިވަރސިޓީގައި 3000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލް ކުރަމުންގެންދެއެވެ. ޔުނިވަރސިޓީގައި މިވަގުތު 11 ފެކަލްޓީއަކާއި، މާލޭ ކެމްޕަސް ހިމެނޭ ގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް ކެމްޕަސް ހިންގަމުންދެއެވެ.

Ads by HDC
  1. ސޭޑް ލައިފް

    ލާރިތަކެއް ހަރަދު ކޮއްފަ ކިޔަވައިގެން ޑިގްރީ އެއް އޮތަސް މާރސްޓާރސް އެއް އޮތަސް މި ގައުމުގަ ވާނެ މޮޅެއް ނެތް، ސުކޫލް ނިންމާ ޕާޓީ ޖަގަހަ ތަކުން ދުވިނަމަ މިޔަދު ކިޔަވައިގެން ތިބި މީހުން ވަޒީފާގަޑެއް ހޯދަން މިހާ ގަޑަ ތެޅޭކަށް ނުޖެހުނީސް. ހަގީގަތަކީ ކޮންމެ ކަމެއް އޮންނަނީ ސިޔާސީކަމާ ހަމައިން ނިމިފަ!

  2. ޛަދަނުބެ

    ކަމަނަގެ ފިރިމީހާއަށް އަބުދުއްރަހީމް ސަރ އެހާމުހިންމުވީ އެހެންވީމަތާ.