ޚަބަރު

ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް ސްޓޫޑެންޓް ލޯނު ދެނީ

އައިކާ ޔުނާން ، ދެން އޮންލައިން

ސްޓޫޑެންޓު ލޯނަށް އެދި ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

Ads by STELCO

މިކަން ހާމަކޮށްފައިވަނީ މިރޭ ކުރިއަށްދާ ވަޒީރުންގެ "އަހާ" ފޯރަމްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އެވެ.

އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ, ޝަރުތު ހަމަވާ ކުދިންނަށް ފުރުސަތު ދޭން ނިންމައި އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

ކުރިން މުއްދަތު ހަމަވާން އޮތީ މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ ލޯނަށް އެދި ހުޅުވާލި 500 ޖާގައެވެ. އެ ސްކީމްގެ ދަށުން ހާއްސަ އެހީއަށް އިސްކަން ދޭން ވެސް ވަނީ ނިންމައިފައެވެ. މިއީ ޑިޕްލޮމާ އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް ރާއްޖެއިން ބޭރުން ދޭ ފުރުސަތުތަކެކެވެ.

އޭގެ އިތުރުން އިއްޔެ ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ވަނީ މަތީ ތައުލީމަށް ދޫކުރާ ލޯނުގެ 50 ޕަސެންޓު، އެންމެ ޓެކްނިކަލް ދާއިރާތަކަށް ހާއްސަކުރަން ވެސް ނިންމައިފައެވެ. ހައިލީ ޓެކްނިކަލް ދާއިރާތަކުގެ ތެރޭގައި ހިމެނެނީ އިންޖީނިއަރިން އާއި ސުޕަ ސްޕެޝަލައިޒޭޝަން އަދި ކޯޑިން ފަދަ ދާއިރާތަކެވެ.

ލޯނު ދޫކުރާއިރު ވަކި ދާއިރާއަކަށް މީގެ ކުރިން ހާއްސަ ކޯޓާއެއް ކަނޑައަޅާފައެއް ނުވެއެވެ.

  1. ނުކުރާނަމޭ

    މިހާތަނަށް ދިވެހިން ޕީއެޗްޑީ ނަގައިގެން އައުމަށް ފަހު އެމެން ކުރި ދިރާސާ އެއް އެބައޮތްތޭ އަދި އެމެން އުފެއްދި މޮޑެލް އެއް ދުނިޔޭގެ ސަމާލު ކަމަށް ނުވަތަ އައިއީއީއީ އަށް އައިސްފައި އެބައޮތްތޭ ނެތްދޯ މުޅިން ވެސް ޕީއެޗްޑީ ފަތިވަރު ފެންނަނީ ސަރުކާރުގެ މަތީ މަގާމެއްގައި ބަގުޑި ބައްދައިގެން އުޅޭ ތަނޭ މުއިއްޒު އެއީ ޕީއެޗްޑީ ސްޓްރަކްޗްރަލް އިންޖިނިއަރިންގް އޭނާގެ މާވަޑިކަމުގެ ދަށުން ހެދި ފެންއަރުވާ ވަޑާފެއިލްވީއޭ ދެން ޕީއެޗްޑީ ހަދައިގެން އައިސްތިބި މީހުން ފެންވަރެއް ނެތޭ މުއިއްޒުގެ ޕީއެޗްޑީ މަމެން ގަބޫލެއް ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ އަދި މާރިޔާގެ ވެސް ޕީއެޗްޑީ މަމެން ގަބޫލެއް ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ