Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ތަރައްގީގެ އެންމެ ބޮޑު ހިއްސާދާރުންނަކީ މަސައްކަތްތެރިން، އޮތީ އުޖާލާ ކުރިމަގެއް: ރައީސް

ތަރައްގީގެ އެންމެ ބޮޑު ހިއްސާދާރުންނަކީ މަސައްކަތްތެރިން، އޮތީ އުޖާލާ ކުރިމަގެއް: ރައީސް

ރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު ހިއްސާދާރުންނަކީ މަސައްކަތްތެރިން ކަމަށާއި، ދިވެހި މަސައްކަތްތެރީންނަށް އޮތީ އުޖާލާ އަދި ތިޔާގިކަމުގެ އެތައް ފުރުސަތެއް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްމާވީ ގޮތުން މިއަދު ފާހަގަކުރާ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތޯބުގައި ރައީސް މުއިއްޒު ވަނީ ރާއްޖެއަށް މަންފާ ލިބޭ އެކި ދާއިރާތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަސައްކަތްކޮށްދެއްވަމުން ގެންދަވާ ހުރިހާ ދޭސީންނަށާއި ބިދޭސީންނަށް ހިތްވަރާއި، މަރްހްބާ އާއި ޝުކުރު އަދާކުރައްވާފައެވެ.

''ދިވެހިރާއްޖޭގެ ތަރައްގީއަށާއި އެކި ދާއިރާތަކުން ގައުމަށް ލިބެމުންދާ ކުރިއެރުމުގެ އެންމެ ބޮޑެތި ހިއްސާދާރުންނަކީ، އެއްވެސް ޝައްކެއް ނެތްގޮތުގައި ހީވާގި މަސައްކަތްތެރީން. މަސައްކަތްތެރީންގެ ރެޔާދުވާލުގެ ހިންމަތާ ނުލައި، މި ގައުމުގެ ކުރިމަގަށްޓަކައި ކުރާ އެއްވެސް އުންމީދެއް ހަގީގަތަކަށް ނުވާނެ'' ރައީސްގެ ހިތޯބުގައި ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ރައީސް ވިދާޅުވީ މަސައްކަތްތެރިކަން އުނގަންނައިދިނުމާއި، އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް މި ސަރުކާރުން އިސްކަންދޭނެ ކަމަށާއި ގައުމަށް މަންފާހުރި މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެ މަގުން ސިޔާސަތު ބައްޓަން ކުރައްވާނެ ކަމަށެވެ. ޑޭކެއާ ސެންޓަރުތައް ފަދަ ހިދުމަތްތައް ގާއިމުކޮށް، އާއިލާތަކުން ފުދުންތެރިކަން އިތުރުކުރުމަށް ފަސޭހަކޮށް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ އެކި ހިދުމަތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދީ އިނާޔަތްތައް އިތުރުކޮށްދޭން މިހާރު ފަށާފައިވާ ކަމަށާއި ގައުމުގެ އިގްތިސާދުގައި ބުންވަރު ޖެހެމުން ދިޔަ މިންވަރަކުން ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެމުން ދިޔުމަކީ ހަމައެކަނި ހައްލެއް ނޫން ކަމަށް ވިދާޅުވިއެވެ.

ސަރުކާރު މުވައްޒަފުންގެ އިތުރުން، އަމިއްލަ އެކި ވަޒީފާތަކުގައި އެކި ދާއިރާތަކުގައި ހިދުމަތްކުރާ މަސައްކަތްތެރީންނަށްވެސް ބޯހިޔާވަހިކަމުގެ ހާއްސަ ސްކީމްތައް ތައާރަފްކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ.

''މަސައްކަތުގެ މާޙައުލުގެ ރައްކައުތެރިކަމަށް ކުރަން ޖެހޭ ކަންކަމަށް އިސްކަން ދިނުން މުހިންމެވެ. އަދި މަސައްކަތްތަކުގައި ކުރިއަށް ދިޔުމަށް ބޭނުންވާނެ ލުއި ލޯން ސްކީމްތަކާއި، އާމްދަނީ ލިބޭނެ ބާޒާރުތައް ހޯދައިދިނުންވެސް މުހިންމެވެ. މި ކަންކަން ސަރުކާރުން މިހާރު ވަނީ ފަށައިގެންފައެވެ'' ރައީސް އޮފީހުގައި ޝާއިއުކޮށްފައިވާ ރައީސްގެ ހިތޯބުގައި ވިދާޅުވިއެވެ.

https://twitter.com/MMuizzu/status/1785494397637054934

އާމްދަނީ ހޯދުމަށް މަސައްކަތްކުރުމުގެ ފުރުސަތު، ދިވެހީންނަށް އިތުރަށް ފަހިކޮށްދިނުމަށްޓަކައި ރާއްޖޭގައި ދިވެހީންނަށް ނޫނީ ވަޒީފާ އަދާނުކުރެވޭނެ 22 ދާއިރާއެއް ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ. އަދި ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް، ވިޔަފާރިކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް، އެފަދަ ބޭރުމީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓްކުރަން މިހާރު ފަށައިގެންފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އަޅައިނުލައި ހައްލެއް ނުހޯދައި އެތައް އަހަރެއްވެފައިވާ މިފަދަ ކަންކަން މުޅީން ހައްލުކުރެވޭނީ ގިނަދުވަހުން، ހުއްޓުމެއްނެތި ބެލެހެއްޓުމާއެކު، ގާނޫނު ތަންފީޒުކުރުން ދަމަހައްޓައިގެން ކަމަށް އެމނިކުފާނު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް