ޚަބަރު

މެއި 6 ގެ ހަމަލާއަށް ތިން އަހަރު: އަސްލަމް އެދެނީ ތަހުގީގު އަވަސްކޮށް، ޝަރީއަތް ނިމިގެން ދިއުމަށް

އައިކާ ޔުނާން ، ދެން އޮންލައިން
މަޖިލީހުގެ ރިޔާސަތުގައި ، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް

މީގެ ތިން އަހަރުކުރިން ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު އަވަސްކޮށް, ޝަރީއަތްތައް ނިމިގެން ދިއުމަކީ ބޭނުންތެރި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އަސްލަމް ވިދާޅުވީ, މިއަދަކީ ނަޝީދު އަވަހާރަކޮށްލަން ނުރައްކާތެރި ހަމަލާއެއް ދިންތާ ތިން އަހަރު ފުރޭ ދުވަސް ކަމަށެވެ.

މި ދުވަހާ ގުޅިގެން އެންމެ ބޮޑަށް އެދިވަޑައިގަންނަވަނީ މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުން ބަލައި އެކުލަވާލި އިންކުއަރީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ހުރިހާ ރެކޮމެންޑޭޝަންތަަކަށް ވީހާ ވެސް އަވަހަކަށް އަމަލު ކުރެވި, ނިމިގެން ދިއުން ކަމަށެވެ.

އަދި މި ހަމަލާއާ ގުޅޭ ގޮތުން ތަހުގީގު އަވަަސްކޮށް, ޝަރީއަތްތައް ނިމިގެން ދިއުމަކީ އަމުދުން ބޭނުންތެރި ކަމެއް ކަމުގައި ވެސް ދެކޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އަދި [އަޅުގަނޑު އެދެނީ] ރާއްޖޭގައި ހަރުކަށި ފިކުރާއި އަނިޔާވެރިކަން އެއްކޮށް ނެތިގެން ދިއުން," އަސްލަމް ވިދާޅުވިއެވެ.

"މެއި 6، 2021 ގައި ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އަށް މީހެއްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އެ މީހުންގެ ތެރެއިން ބޮން ގޮއްވުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދުގެ މައްޗަށް ކުށް ސާބިތުވެ، އޭނާގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ. ބާކީ ތިބި ހަތް މީހުންގެ ޝަރީއަތް އަދިވެސް ނުނިމެ އެވެ.

 

Ads by HDC
  1. ކޮޔާ

    އަޅާ އަސްލަމް ނިމިދިޔަ ފަސް އަހަރުން ތިންއަހަރު ކަލޭ ނިދާފަ ހޭލީ ދެންމެ ދޯ ނަޝީދަށް ދިން ހަމަލާއަށް ތިން އަހަރު ކަލޭ ތީއިންދަ ގޮނޑިއަށް ކިތަންއަހަރު؟މުނާފިގު